ބުލެޓުތަކެއް ދިރުވާލައިގެން އުޅުނު މީހެއްގެ ހާލު ދެރަވެ އައިސީޔޫގައި ފަރުވާދެނީ

މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހިތަކެއް ހުރި ބުލެޓުތަކެއް ދިރުވާލައިގެން އުޅުނު މީހެއްގެ ހާލު ދެރަވެ އައިޖީއެމް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން އެބަގެންދެއެވެ. މިކަމުގެ މައުލޫމާތު ހިއްސާކުރ...

23 Apr 2024 | 18:48

މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހިތަކެއް ހުރި ބުލެޓުތަކެއް ދިރުވާލައިގެން އުޅުނު މީހެއްގެ ހާލު ދެރަވެ އައިޖީއެމް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން އެބަގެންދެއެވެ.

މިކަމުގެ މައުލޫމާތު ހިއްސާކުރަމުން ފުލުހުން ބުނީ މި މީހާއަކީ މިރޭ މާލެތެރެ ޕެޓްރޯލުކުރަން އުޅުނު ފުލުހުންނަށް ތުހުމަތު ކުރެވިގެން ހުއްޓުވި މީހެއް ކަމަށާއި ހަށިގަނޑުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބުލެޓްތަކެއް ހުރިކަން އެނގިފައިވާކަމަށެވެ.

އެއީ ދިވެހި ފިރިހެނެއް ކަމަށާއި މި މީހާގެ މައުލޫމާތު މިހާރު އާއިލާއާއި ހިއްސާކޮށްފައިވާނެކަމަށާއި އަދި ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް