ވޯޓުގައި ފަރަގެއް ހުރެދާނެކަމަށް ބަލައި ވޯޓު ފޮއްޓެއް އަލުން ގުނަން ހުށަހަޅައިފިއެވެ.
ހުށަހަޅާފައިވަނީ ގދ. ތިނަދޫ ދެކުނު ދާއިރާގެ، އެމްއެންޔޫ ކެމްޕަސްގައި ބެހެއްޓި ފަސް ނަމްބަރު ވޯޓު ފޮއްޓެވެ. ޝަކުވާއެއްގެ ގޮތުގައި މި ހުށަހެޅުން ހުށަހަޅާފައިވަނީ އެ ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި އަބްދުﷲ ޝަރީފްގެ ފަރާތުންނެވެ.
އެކަން ހުށަހަޅާފައިވާކަން ކަށަވަރުކޮށްދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ އެ މައްސަލަ ހުށަހަޅާފައިވީނަމަވެސް އެ ފޮށި ގުނުމާއިމެދު އަދި އިލެކްޝަންސް އިން ގޮތެއް ނުނިންމާ ކަމަށެވެ. އަދި އެފަދަ ގޮތަކަށް ފޮއްޓެއް އަލުން ގުނާނީ ވަރަށް ހައްސާސް ހާލަތެއްގައި ކަންވެސް މެންބަރު ފާހަގަކުރެއްވިއެވެ.
ތިނަދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އަމިއްލަގޮތުން އެ ދާއިރާއަށް ކުރިމަތިލެއްވި މުހައްމަދު އަލްސަން އަހްމަދު (އަލްސަން) އެވެ. ދެވަނަ އަށް އެންމެ ގިނައިން ވޯޓު ލިބުނު ކެންޑިޑޭޓް ކަމުގައިވާ އަބްދުﷲ ޝަރީފަށް، ވަގުތީ ނަތީޖާ ދައްކާގޮތުން ލިބިފައިވަނީ 799 ވޯޓެވެ. އެހެންކަމުން ފަރަގަކީ 71 ވޯޓުގެ ފަރަގެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް