ޓްރީ ޓޮޕް ހޮސްޕިޓަލުގެ އަހަރީ ދުވަސް ފާހަގަކުރުމަށް ލޭ ހަދިޔާކުރުމުގެ ހަރަކާތެއް ކުރިއަށްގެންގޮސްފި

ޓްރީ ޓޮޕްގެ ހަވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އިންޓާނަލް ލޭ ހަދިޔާ ކުރުމުގެ ކެމްޕޭނެއް ކުރިއަށްގެންގޮސްފިއެވެ. 2018 ވަނަ އަހަރު ހިދުމަތް ދޭން ފެށި ޓްރީ ޓޮޕް ހޮސްޕިޓަލުން މި ކެމްޕޭނު ހިންގާފަ...

23 Apr 2024 | 10:14

ޓްރީ ޓޮޕްގެ ހަވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އިންޓާނަލް ލޭ ހަދިޔާ ކުރުމުގެ ކެމްޕޭނެއް ކުރިއަށްގެންގޮސްފިއެވެ.

2018 ވަނަ އަހަރު ހިދުމަތް ދޭން ފެށި ޓްރީ ޓޮޕް ހޮސްޕިޓަލުން މި ކެމްޕޭނު ހިންގާފައިވަނީ 21 އޭޕްރިލްއިން 22 އޭޕްރިލްގެ ނިޔަލަށެވެ. މިއަދު އެ ހޮސްޕިޓަލުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ލޭ ހަދިޔާކުރުމުގެ މި ކެމްޕޭނު ކާމިޔާބުކަމާއެކު ނިންމާލާފައިވާއިރު، މި ކެމްޕޭނަށް އެ ހޮސްޕިޓަލުގެ ސީނިޔާ މެނޭޖްމެންޓާއި މުވައްޒަފުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެންދިޔަކަމަށެވެ.

މިފަދަ ކެންޕޭނެއް ހިންގުމުގެ މައިގަނޑު އަމާޒަކީ، އެ ހޮސްޕިޓަލުން ފަރުވާ ހޯދައްވާ ފަރާތްތަކަށާއި،ލޭ ހޯދުމަށް މި މުޖުތަމައުގައި ދިމާވެފައިވާ ދަތިތަކަށް ލުޔެއް ހޯދައި ދިނުން ކަމުގައިވެސް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.

އެ ހޮސްޕިޓަލުން އިތުރަށް ބުނެފައިވަނީ އެ ހޮސްޕިޓަލަށް ބޭނުންވާވަރަށްވުރެ ގިނައިން ނާ ލޭ ސިއްހީ ހިދުމަތްދޭ އެހެން ތަންތަނަށް ހަދިޔާކުރެވިގެންދާނެކަމަށެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ، އިޖްތިމާއީ ޒިންމާގެ ސަގާފަތެއް ކުރިއަރުވައި، ދިވެހި މުޖުތަޢުއަށް ފައިދާ ކުރާނެ މަސަކަތްތަކަށް އެއްބާރުލުން ދިނުމުގައި އަބަދުވެސް އަހަންމިއްޔަތު ކަމެއްދޭ ހޮސްޕިޓަލެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް