ނިމިދިޔަ 2024 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައި އަލަށް ހޮވުނު މެންބަރުން ހުވާކުރުމުގެ ރަސްމިއްޔާތު އޮންނާނީ މޭ 28 ވަނަ ދުވަހެވެ. އިލެކްޝަން ކޮމިޝަން އިން ވަނީ މި އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާން ކޮށްފައެވެ. ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި 93 ދާއިރާތެރެއިން ސަރުކާރުގެ ޕާޓީ ކަމުގައިވާ ޕީއެންސީއިން ވާދަކުރެއްވި ދާއިރާތަކުން 66 ކެޑިޑޭޓުން ވަނީ ގޮނޑި ކާމިޔާބުކޮށްފައެވެ. 2023 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ސްޕާ މެޖޯރިޓީ ހޯދި އިދިކޮޅު ޕާޓީ އެމްޑީޕީ އަށް މިފަހަރު ކާމިޔާބު ކުރެވިފައިވަނީ 12 ގޮނޑިއެވެ.
އަދި ސަރުކާރުގެ ކޯލިޝަން ޕާޓީ ކަމުގައިވާ ޕީޕީއެމްއަށް، އެއްވެސް ގޮންޑިއެއް ކާމިޔާބު ވެފައެއް ނުވެއެވެ. މި ގޮތުން އަމިއްލަގޮތުން ކުރިމަތިލެއްވި 11 މެންބަރުންވެސް ވަނީ ގޮނޑި ކާމިޔާބުކޮށްފައެވެ.
ޖޭޕީއަށް އެއް ގޮނޑި ކާމިޔާބުވެފައި ވާއިރު އެމްޑީއޭއަށް ވަނީ ދެ ގޮނޑި ކާމިޔާބު ކުރެވިފައެވެ.
އެގޮތުން މި އަހަރުގެ ސުޕާރ މެޖޯރިޓީ ނަގާފައިވަނީ ސަރުކާރުގެ ޕާޓީ ކަމުގައިވާ ޕީއެންސީ އިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް