ފުލުހުންގެ ބެލުމުގެ ދަށުގައިހުރި މައިލޯ ކޭހަކާއި އިތުރު ބައެއް އަގުހުރި ތަކެތީގެ ވެރިން ހޯދަން އިއުލާނުކޮށްފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ތަކެތީގެ ވެރިން ހޯދަން އެ މުއައްސަސާއިން އިޢުލާނުކޮށްފިއެވެ. މި ތަކެއްޗަކީ  ހޮވައިގެންނާއި، ތުހުމަތު ކުރެވިގެން ހުއްޓުވާ ސުވާލުކުރި ބައެއް މީހުންގެ އަ...

23 Apr 2024 | 08:37

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ތަކެތީގެ ވެރިން ހޯދަން އެ މުއައްސަސާއިން އިޢުލާނުކޮށްފިއެވެ.

މި ތަކެއްޗަކީ  ހޮވައިގެންނާއި، ތުހުމަތު ކުރެވިގެން ހުއްޓުވާ ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެތި ކަމުގައި ފުލުހުން ވަނީ ބުނެފައެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެ ނުވެނުދެވުމުގެ ސަބަބުން އެތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމުގައި ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނެފައިވާގޮތުގައި މި ތަކެތި ހުރީ، މާފަންނު ޕޮލިސްޓޭޝަން،ގަލޮޅު ޕޮލިސްޓޭޝަން،ހެންވޭރު ޕޮލިސްޓޭޝަން އަދި ހުޅުމާލެ ފޭސް2 ގެ ޕޮލިސްޓޭޝަންގައެވެ.

އެގޮތުން މާފަންނު ޕޮލިސްޓޭޝަންގައި ހުރީ، މާރޗް 16 ވަނަ ދުވަހުގައި އިޒުއްދީނު މަގުން ހޮވައިގެން ގެނެސްފައިވާ ސިމެންތި ބަސްތާތަކަކާއި (އިންސިޑންޓު ނަންބަރު 591319)، މާރޗް 31 ވަނަ ދުވަހު ވައްކަމުގެ ތުހުމަތު ކުރެވުނު ފަރާތެއް ހުއްޓުވައި ސުވާލުކުރުމަށް ފަހު އެ ފަރާތުގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވުނު ދަގަނޑުތަކަކާއި(އިންސިޑެންޓު ނަންބަރު 594068)، އޭޕްރިލް 4 ވަނަ ދުވަހުގައި، މ.ސަމަންދަރުގޭގެ ކައިރިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވާއި ސުވާލުކުރެވުނު ފަރާތެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ މައިލޯ ދަޅު ކޭހެއް (އިންސިޑެންޓު ނަންބަރު 594068) ކެވެ.

ގަލޮޅު ޕޮލިސްޓޭޝަންގައި ހުރި ތަކެއްޗަކީ، އޭޕްރިލް 2 ވަނަ ދުވަހު އެކުވެނި ޓްރެކް ކައިރިން  3000 ރުފިޔާ އާއި ބީއެމްއެލް ކާޑަކާއި އެކު އޮތް ވޮލެޓަކާއި ( އިންސިޑެންޓު ނަންބަރު 593273) އޭޕްރިލް 17 ވަނަ ދުވަހު ޗާންދަނީ މަގުން ވައްކަމުގެ ތުހުމަތުގައި ސުވާލުކުރެވުނު ފަރާތެއްގެ އަތުން ފެނިފައިވާ، ވަގަށް ނަގާފައި ކަމަށް ބެލެވޭ ކާރު ބެޓެރީއެއް( އިންސިޑެންޓު ނަންބަރު 594831)އެވެ.

ހެންވޭރު ޕޮލިސްޓޭޝަން ބެލުމުގެ ދަށުގައި ހުރި ތަކެއްޗަކީ، މާރޗް 30 ވަނަ ދުވަހު ސައުދީ އެމްބަސީ ކައިރިން ހޮވައިގެން ގެނެސްފައިވާ ސެމްސަންގު ބްރޭންޑުގެ މޯބައިލް ފޯނަކާއި( އިންސިޑެންޓު ނަންބަރު 592935)، އޭޕްރިލް 7 ވަނަ ދުވަހު 1 ނަންބަރު ޖެޓީ ފާލަން ކައިރިން ހޮވައިގެން ގެނައި އެޕަލް ވޮޗް ސީރީސް 2 (42އެމްއެމް) ގަޑި އަކާއި (އިންސިޑެންޓު ނަންބަރު 593769) ، އޭޕްރިލް 9 ވަނަ ދުވަހު ބޮޑުތަކުރުފާނު މަގު ބީއެމްއެލް ކައިރިޑުތަކުރުފާނު މަގުން ާނު މަހުން ން ހޮވައިގެން ގެނެވުނު 500 ރުފިޔާއާއި (އިންސިޑެންޓު ނަމްބަރު 594014)، އޭޕްރިލް 15 ވަނަ ދުވަހު 1 ނަމްބަރު ފާލަން ކައިރިން ހޮވައިގެން ގެނައި، ވަޔަރ ލެސް ސްޕީކަރަކާ (594655) އެވެ.

އަދި ހުޅުމާލެ ފޭސް 2 ޕޮލިސްޓޭޝަންގައި، މާރޗް 14 ވަނަ ދުވަހު އެޗް5 ކައިރިން ހޮވައިގެން ގެނައި، ކަރަންޓު ނަރުތަކަކާއި ( އިންސިޑެންޓު ނަމްބަރ 591051)، މާރޗް 21 ވަނަ ދުވަހު ޓެކްސީއަކުން ހޮވައިގެން ގެނެސްފައިވާ ރަން ފަށަކާއި (އިންސިޑެންޓު ނަމްބަރު 591857)، މާރޗު 22 ވަނަ ދުވަހު އެޗް 12 ކައިރިން ހޮވައިގެން ގެނެސްފައިވާ ކަޅު ކުލައިގެ އައި ފޯނަކާއި ( އިންސިޑެންޓު ނަމްބަރު 592047)، އޭޕްރިލް 3 ވަނަ ދުވަހު އެޗް3 ކައިރިން ހޮވައިގެން ގެނެސްފައިވާ 2500 ރުފިޔާ (593312) އެވެ.

މި ތަކެތީގެ ވެރިފަރިފަރާތުން، އެތަކެއްޗެއްވާ ސްޓޭޝަންގެ ނަމްބަރަށް  ގުޅުއްވައި އިންސިޑެންޓު ނަންބަރު ހިއްސާކުރުމަށްފަހު، ކާކު ކަން އެނގޭނެ ލިޔެކިޔުމަކާއި އެކު އެ ޕޮލިސްޓޭޝަންއަށް ހާޒިރުވެ ތަކެއްޗާއި ހަވާލުވުމަށް  ފުލުހުން ވަނީ ވަނީ އެދިފައެވެ.

މާފަންނު ޕޮލިސްޓޭޝަން: 9660183

ގަލޮޅު ޕޮލިސްޓޭޝަން: 9631696

ހެންވޭރު ޕޮލިސްޓޭޝަން: 9400053

ހުޅުމާލެ ފޭސް 2 ޕޮލިސްޓޭޝަން: 9393351

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް