އާދީއްތަ ދުވަހު ބޭއްވި މަޖިލިސް އިންތިޚާބުގައި ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރަށް އިންތިޚާބުވި މެންބަރުން ހުވާކުރުން އޮންނާނީ އަންނަ މެއި މަހުގެ 28ގައި ކަން ހާމަކޮށްފިއެވެ.
19 ވަނަ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު އަސްލަމެވެ.
އޭނާ ވިދާޅުވީ މި ހިނގާ 19 ވަނަ މަޖިލިސް އަންނަ މަހުގެ 15 އާއި ހަމައަށް ދެމި އޮންނާނެ ކަމަށާއި 19 ވަނަ ދައުރުގެ ފަހު ޖަލްސާ ބާއްވާނީ އަންނަ މަހުގެ 13 ވަނަ ދުވަހު ކަމަށެވެ. އަދި އައު މެންބަރުން ހުވާކުރުން އޮންނާނީ 28ގައި ކަމަށެވެ.
20 ވަނަ މަޖިލީހަށް 93 މެންބަރުން އިންތިޚާބުކޮށްފައިވާއިރު ވެރިކަންކުރާ ޕާޓީ ޕީއެންސީއިން އެކަނި 66 ގޮނޑި ކަށަވަރުކޮށްފައިވެއެވެ. އަދި އެ ޕާޓީއާއި ގުޅިފައިވާ ކޯލީޝަނުން 70އަށްވުރެ ގިނަ ގޮނޑި ކަށަވަރުކޮށް ސުޕަރ މެޖޯރިޓީ ހޯދާފައިވެއެވެ.
މި ހިނގާ 19 ވަނަ ދައުރުގެ ސުޕަރ މެޖޯރިޓީ ގެންގުޅުނު އެމްޑީޕީއަށް އައު ދައުރުން ކަށަވަރުކުރެވިފައިވަނީ އެންމެ 12 ގޮނޑިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް