2018 ވަނަ އަހަރު ހިދުމަތް ދޭން ފެށުނު ޓްރީޓޮޕްގެ 6 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އިންޓާނަލް ލޭ ހަދިޔާ ކުރުމުގެ ކެންޕޭނެއް ހިންގައިފި. މި ކެންޕޭނު ހިންގާފައިވަނީ 21 އޭޕްރިލްއިން 22 އޭޕްރިލްގެ ނިޔަލަށް. މިއަދު ޓްރީޓޮޕުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، ޓްރީޓޮޕްގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވުނު މި ކެމްޕެއީން ކާރުމުގެ ގޮތުން ބޭއްވުނު މި ކކެމްމިޔާބުކަމާއި އެކުގައި ނިންމާލާފައިވާ ކަމަށް. މި ކެންޕޭނަށް ޓްރީޓޮޕްގެ ސީނިޔާ މެނޭޖްމެންޓްތަކުންނާއި މުވައްޒަފުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާ ކަމުގައިވެސް ޓްރީޓޮޕުން ވަނީ ބުނެފައެވެ.
ޓްރީޓޮޕުން މިފަދަ ކެންޕޭނެއް ހިންގުމުގެ މައިގަނޑު އަމާޒަކީ، އެ ހޮސްޕިޓަލުން ފަރުވާ ހޯދައްވާ ފަރާތްތަކަށްށާއި،ލޭ ހޯދުމަށް މި މުޖުތަމައުގައި ދިމާވެފައިވާ ދަތިތަކަށް ލުޔެއް ހޯދައި ދިނުމުގެ ގޮތުން ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.
ޓްރީޓޮޕްއިން މިހާރަށް ބޭނުންވާ ވަރަށް ވުރެން އިތުރަށް ނަގާ ލޭ ސިއްހީ ހިދުމަތް ދޭ ތަންތަނަށް ޓްރީޓޮޕްގެ ފަރާތުން ހަދިޔާ ކުރިވެގެން ދާނެ ކަމަށް ބުނެފައި ވެއެވެ.
" ޓްރީޓޮޕް ހޮސްޕިޓަލަކީ، އިޖްތިމާއީ ޒިންމާގެ ސަގާފަތެއް ކުރިއަރުވައި، ދިވެހި މުޖުތަޢުއަށް ފައިދާ ކުރާނެ މަސަކަތްތަކަށް އެއްބާރުލުން ދިނުމުގައި އަބަދުވެސް އަހަންމިއްޔަތު ކަމެއްދޭ ހޮސްޕިޓަލެކެވެ". ޓްރީޓޮޕްގެ ބަޔާނުގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް