މުނި ފައުންޑޭޝަނާއި ފުށިފަރު މޯލްޑިވްސް ގުޅިގެން "ޕްލާސްޓިކާ ނުލާ" ހަރަކާތެއް މިމަހުގެ 29ގައި

އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޒާތުގެ ޕްލާސްޓިކާއި ދެކޮޅަށް، މުނި ފައުންޑޭޝަނާއި ފުށިފަރު މޯލްޑިވްސް ގުޅިގެން "ޕްލާސްޓިކާ ނުލާ" ހަރަކާތެއް މި މަހުގެ 29 ވާ ހޯމަ ދުވަހު ބާއްވަން ނިންމައިފިއެވެ. މި ހ...

23 Apr 2024 | 06:49

އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޒާތުގެ ޕްލާސްޓިކާއި ދެކޮޅަށް، މުނި ފައުންޑޭޝަނާއި ފުށިފަރު މޯލްޑިވްސް ގުޅިގެން "ޕްލާސްޓިކާ ނުލާ" ހަރަކާތެއް މި މަހުގެ 29 ވާ ހޯމަ ދުވަހު ބާއްވަން ނިންމައިފިއެވެ.

މި ހަރަކާތް ކުރިއަށްގެންދަން ނިންމާފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

މި ހަރަކާތުގެ މަގުސަދަކީ އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކުން ލިބޭ ގެއްލުންތަކަށް ހޭލުންތެރިކުރުވައި އަދި އޭގެ ބަދަލުގައި ބޭނުން ކުރެވިދާނެ ހެޔޮ ހައްލުތައް ޕްރޮމޯޓް ކުރުމެވެ.

މި ހަރަކާތް މުނި ފައުންޑޭޝަނާއި ފުށިފަރު މޯލްޑިވްސް އިން ކުރިއަށްގެންދަނީ ސަރުކާރުގެ އިދާރާ، ވުޒާރާތަކާއި އަދި ބައެއް ސްޕޮންސަރުންގެ އެހީތެރިކަމާއި އެކުގައެވެ.

އެގޮތުން އުރީދޫ މޯލްޑިވްސް، ޓްރާންސްމޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަދި އެޗްޑީސީ ހިމެނެއެވެ.

29 އޭޕްރީލްވާ ހޯމަ ދުވަހު ބާއްވާ މި ހަރަކާތުގެ ޗީފް ގެސްޓަކީ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް މުހައްމަދެވެ. މި އިވެންޓްގައި ފުށިފަރު މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރ އަހްމަދު ސިއާރާއި އުރީދޫގެ ސީއީއޯ ޚާލިދު އަލް ހަމާދީގެ އިތުރުން އެޓޯލް މެރިން ކޮންވަޒޭޝަން ސެންޓަރުގެ މެރިން ބަޔޮލޮޖިސްޓް ލޮރައިން އެޑްރިޖް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް