މެޕްސް ކޮލެޖުގެ އޮގަސްޓް އިންޓޭކް ކޯސްތަކަށް ހުޅުވާލައިފި

މެޕްސް ކޮލެޖުގެ އޮގަސްޓް އިންޓޭކްގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އޮގަސްޓް އިންޓޭކްގައި ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓާރސް ޑިގްރީގެ ހުރިހާ ކޯސްތަކެއްގައި ވެސް ބައިވެރިވު...

23 Apr 2024 | 06:32

މެޕްސް ކޮލެޖުގެ އޮގަސްޓް އިންޓޭކްގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އޮގަސްޓް އިންޓޭކްގައި ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓާރސް ޑިގްރީގެ ހުރިހާ ކޯސްތަކެއްގައި ވެސް ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ.

އޭގެތެރޭގައި ބިޒްނަސް މެނޭޖްމަންޓް، ހިއުމަން ރިސޯސް މެނޭޖްމަންޓް، މާރކެޓިންގ މެނޭޖްމަންޓް، އިންފޮރމޭޝަން ޓެކްނޮލޮޖީ، ޓްރެވަލް އެންޑް ޓޫރިޒަމް، ޕްރޮޖެކްޓް މެނޭޖްމަންޓް އަދި ޕްރޮކިއުމަންޓް، ލޮޖިސްޓިކްސް  އެންޑް ސަޕްލައި ޗެއިން މެނޭޖްމަންޓްގެ ކޯސްތައް ހިމެނެއެވެ.

އޯލެވެލް ފުރިހަމަކޮށްފައިވާ ދަރިވަރުންނަށް އެޑްވާންސްޑް ސެޓްފިކެޓް ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭއިރު، އޭލެވެލް ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ގަބޫލުކުރާ ފެންވަރުގެ އެޑްވާންސްޑް ސެޓްފިކެޓް ކޯހެއް ފުރިހަމަކޮށްފައި ވާނަމަ ބެޗެލަރސް ޑިގްރީގެ ކޮންމެ ކޯހެއްގައި ވެސް ބައިވެރިވެވޭނެއެވެ.

މީގެއިތުރުން އޯލެވެލް އަދި އޭލެވެލްގެ ފާސް ނެތް ފަރާތްތަކަށް، 'އޯލްޓަނޭޓް އެންޓްރީ' ނުވަތަ އެ ފަރާތެއްގެ މަސައްކަތުގެ ތަޖުރިބާއަށް ބެލުމަށްފަހު ވެސް ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ.

އޮގަސްޓް އިންޓޭކްގައި ބައިވެރިވުމުގެ ފުރުސަތު މެޕްސް ކޮލެޖުން ހުޅުވާލާފައި ވާއިރު އެ ކޮލެޖުން ހިންގާ އިންޓަނޭޝަނަލް ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލެވިފައެވެ.

މިގޮތުން އެކައުންޓިންގް ދާއިރާއިން މުޅި ދުނިޔެ ޤަބޫލުކުރާ އެސޯސިއޭޝަން އޮފް ޗަރޓަރޑް ސަރޓިފައިޑް އެކައުންޓެންޓްސް (އޭ.ސީ.ސީ.އޭ) އަދި ޔުނިވަރސިޓީ އޮފް ބެޑްފޮރޑްޝަޔަރގެ ޑިގްރީ އާއި މާސްޓަރސް ކޯސްތައް ހިމެނެއެވެ.

އެކައުންޓިންގް ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު މި އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާއިރު، ޔުނިވަރސިޓީ އޮފް ބެޑްފޮރޑްޝަޔަރގެ އެމްބީއޭގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައި ވަނީ ކުރިޔަށް އޮތް މެއި މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި އަހަރުގެ އޮގަސްޓް 2024 އިންޓޭކްގެ ކިޔެވުން 2024 އޮގަސްޓް 4 ގައި ފަށަން ތައްޔާރުވަމުން އަންނައިރު މި އިންޓޭކްއަށް އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ މި އަހަރުގެ ޖުލައި މަހުގެ 21 ވަނަ ދުވަހެވެ.

މެޕްސް ކޮލެޖުން ހިންގާ ބެޗެލަރސް ޑިގްރީގެ ހުރިހާ ކޯސްތަކަކީ ވެސް ސަރުކާރުގެ ހިލޭ ޑިގްރީއަށް ކިޔަވައިދޭ 'ބެޗެލަރސް ޑިގްރީ ގްރާންޓް ސްކީމް'ގެ ދަށުން ހިލޭ ކިޔެވޭނެ ކޯސްތަކެކެވެ.

މެޕްސް ކޮލެޖުން ހިންގާ ހުރިހާ ކޯސްތަކަކީ ވެސް މަހުން މަހަށް ބަހާލައިގެން ކޯސް ފީ ދެއްކުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކޯސްތަކެކެވެ. މެޕްސް ކޮލެޖުން ހިންގާ ކޯސްތަކާ ބެހޭ ހުރިހާ މައުލޫމާތެއް ވެސް އެ ކޮލެޖުގެ ވެބް ސައިޓް  www.maps.edu.mv  މެދުވެރިކޮށް ލިބޭނެއެވެ.

މަތީ ތައުލީމު އުނގެނުމުގައި ކުރިޔަށް ދާންވީ ދާއިރާއެއް ޚިޔާރުކުރުމުގައި އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް މެޕްސް ކޮލެޖުގެ ނަމްބަރު 3314621 ނުވަތަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ވެސް ދަރިވަރުންނަށް ލިބޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް