ބުރާސްފަތި ދުވަހުން ފެށިގެން ކުނި އަޅާނެ ކޮތަޅު ވިއްކަން ފަށާނެ: ވެމްކޯ

މި ހިނގާ އޭޕްރީލް މަހުގެ 27، ވާ ބުރާސްފަތި ދުވަހު ކުނި އަޅާނެ ކޮތަޅު ވިއްކަން ފަށާނެ ކަމުގައި ވެމްކޯއިން ބުނެފިއެވެ. ވެމްކޯއިން މިހެން ބުނީ މިކަމާއި ގުޅޭގޮތުން ދެންމެ ނެރުނު ނޫސްބަޔާނެއްގައެވެ. ވެމްކޯ...

23 Apr 2023 | 16:06

މި ހިނގާ އޭޕްރީލް މަހުގެ 27، ވާ ބުރާސްފަތި ދުވަހު ކުނި އަޅާނެ ކޮތަޅު ވިއްކަން ފަށާނެ ކަމުގައި ވެމްކޯއިން ބުނެފިއެވެ.

ވެމްކޯއިން މިހެން ބުނީ މިކަމާއި ގުޅޭގޮތުން ދެންމެ ނެރުނު ނޫސްބަޔާނެއްގައެވެ.

ވެމްކޯގެ އެ ނޫސްބަޔާނުގައި ބުނެފައިވަނީ އެ ކޯޕަރޭޝަންގެ ފަރާތުން ފޯރުކޮށްދޭން މަޝްވަރާކުރެވިފައިވަނީ ކަޅު އަދި ފެހި ކުލައިގެ ތިން ސައިޒެއްގެ ގޮތަށެވެ. އެއީ 11-17، 28-27، 36-48 އިންޗީގެ ކޮތަޅެވެ. މިގޮތުގެމަތިން ކުނި އުކާލުމުގައި ކުނި އުކާލުމުގައި، ކުނިވާޒާތުގެ ކުނި ނުވަތަ އަމިއްލައަށް ފަނާވެދާ ޒާތުގެ ކުނި ފެހި ކޮތަޅުގައި ބަންދު ކުރުމަށާއި އަދި އެހެނިހެން ކުނި ކަޅު ކޮތަޅުގައި ބަންދުކުރުމަށް ދަންނަވާކަމުގައި ވެމްކޯއިން ބުނެފައިވެއެވެ.

"އެހެންކަމުން ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަކޮށް ކުނިއަޅާ ބަންދުކުރުމަށް ބޭނުންކުރެވޭ ކޮތަޅު ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި 27 އޭޕްރީލް 2023 ވާ ބުރާސްފަތި ދުވަހުން ފެށިގެން މި ކޯޕަރޭޝަނުން ބިން ލައިނަރ ވިއްކަން ފަށަން ވަނީ ނިންމާފައެވެ." ވެމްކޯއިން ބުނެފައިވެއެވެ.

ވެމްކޯއިން އިތުރަށް ބުނެފައިވަނީ އެގޮތުން ތައާރަފްކުރެވޭ ކޮތަޅު އެ ކޯޕަރޭޝަންގެ މާލެ، ހުޅުމާލެ އަދި ވިލިމާލެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކުގެ ކަސްޓަމަރ ފްރަންޓް އޮފީސް ތަކުން، މަތީގައި ދެންނެވުނު ތާރީހުން ފެށިގެން ލިބެން ހުންނާނެ ކަމަށާއި އަދި މި ވެމްކޯއިން ތައާރަފްކުރާ ކޮތަޅު ހަމައެކަނި ކުނި އުކާލުމުގައި ބޭނުން ކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

ކޮތަޅު ވިއްކާނެ އަގު އަދި ވެމްކޯއިން ހާމަކޮށްފައެއް ނުވެއެވެ. ދުވަހަށް މައުލޫމާތުދެމުން ވެމްކޯއިން ބުނީ އަގުތައް މި ހަފްތާގެ ތެރޭގައި އިއުލާނުކުރެވިގެންދާނެ ކަމަށެވެ.

ގާނޫނު ނަންބަރު 2022/24 (ކުނި މެނޭޖުކުރުމުގެ ގާނޫނު) އިން 18 އޭޕްރީލް 2023 އިން ފެށިގެން ވިޔަފާރި ހަރަކާތްތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ދެ ރުފިޔާ ނަގާގޮތަށް ކަނޑައަޅާފައިވާއިރު، ކުނި މެނޭޖުކުރުމުގެ ހިދުމަތްދޭ ފަރާތްތަކުން ކުނި އެޅުމަށް ހާއްސަކޮށް ވިއްކާ ނުވަތަ ދޫކުރާ "ބިންލައިނަރ" އިން ފީ ނަގަން ނުޖެހޭގޮތަށް ގާނޫނުގައި ވަނީ ކަނޑައަޅާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް