އިއްޔެއަށްވުރެ މިއަދު ހޫނު ގަދަކަމަށް މެޓުން ހާމަކުރި ޑާޓާއިން ދައްކައިފިއެވެ.
އިއްޔެ 11 ގެ ޑާޓާ
- ހަނިމާދޫ – ހޫނުމިން 32 - އިހްސާސް ކުރެވޭ ހޫނުމިން 40.4
- ހުޅުލެ – ހޫނުމިން 31.6 - އިހްސާސްކުރެވޭ ހޫނުމިން 39.3
- ކައްދޫ – ހޫނުމިން 32 – އިހްސާސް ކުރެވޭ ހޫނުމިން 40.4
- ކާޑެއްދޫ – ހޫނުމިން 31.6 – އިހްސާސް ކުރެވޭ ހޫނުމިން 39.6
- ގަން – ހޫނުމިން 31.8 – އިހްސާސް ކުރެވޭ ހޫނުމިން 39.8
މިއަދު 11 ގެ ޑާޓާ
- ހަނިމާދޫ – ހޫނުމިން 33.4 – އިހްސާސް ކުރެވޭ ހޫނުމިން 43.9
- ހުޅުލެ – ހޫނުމިން 32.5 – އިހްސާސް ކުރެވޭ ހޫނުމިން 43.1
- ކައްދޫ – ހޫނުމިން 32.5 – އިހްސާސް ކުރެވޭ ހޫނުމިން 42.3
- ކާޑެއްދޫ – ހޫނުމިން 31.8 – އިހްސާސް ކުރެވޭ ހޫނުމިން 40.5
- ގަން – ހޫނުމިން 31.2 – އިހްސާސް ކުރެވޭ ހޫނުމިން 39.8
މި ޑާޓާ ތަކަށް ބަލާއިރު އިއްޔެ ވެސް އަދި މިއަދުވެސް އެންމެ ހޫނު ގަދަ އެއް ސަރަހައްދަކީ ހަނިމާދުއެވެ. އިއްޔެ 11 ޖެހި އިރު ހަނިމާދޫ ހޫނުމިން ހުރީ 32 ޑިގްރީ ސެލްސިއަސްގައެވެ. އިހްސާސް ކުރެވޭ ހޫނުމިން ހުރީ 40.4 ޑިގްރީ ސެލްސިއަސްގައެވެ. ނަމަވެސް މިއަދު 11 ޖެހި އިރު ހަނިމާދޫ ހޫނުމިން ހުރީ 33.4 ޑިގްރީ ސެލްސިއަސްގައެވެ. އަދި އިހްސާސް ކުރެވޭ ހޫނުމިން ހުރީ 43.9 ޑިގްރީ ސެލްސިއަސްގައެވެ.
މިހާތަނަށް ރާއްޖޭގައި ހޫނުމިން އެންމެ މައްޗަށް ގޮސްފައިވަނީ 19 މެއި 1991 ގައެވެ. އެދުވަހު ލ. ކައްދޫގެ ފިނި ހޫނުމިން 36 ޑިގްރީ ސެލްސިއަސް އަށް އެރިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް