ފުވައްމުލަކުގައި އިމާރާތްކުރާ ޤުރުއާނާއި ބެހޭ މަރުކަޒުގެ ބިންގާ އަޅައިފި

ފުވައްމުލަކު ސިޓީގައި ބިނާ ކުރާ ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ ބިންގާ އަޅައިފި އެވެ. އެތަނުގެ ބިންގާ އަޅައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. މި ރަސްމިއްޔާތުގައި ނައިބް ރައީސް ވިދާޅުވީ ރާއްޖެއ...

23 Apr 2022 | 15:52

ފުވައްމުލަކު ސިޓީގައި ބިނާ ކުރާ ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ ބިންގާ އަޅައިފި އެވެ.

އެތަނުގެ ބިންގާ އަޅައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

މި ރަސްމިއްޔާތުގައި ނައިބް ރައީސް ވިދާޅުވީ ރާއްޖެއަށް ކުރިއެރުން ލިބެން އޮތީ ރަނގަޅު ޖީލެއް ބިނާކުރެވިގެން ކަމަށެވެ. އެކަމަށްޓަކައި އަޅުގަނޑުމެންގެ ތެރޭގައި އެކިއެކި އިލްމު އުނގެނިގެން ތިބި މީހުން މަސައްކަތް ކޮށްދެއްވުމަށް ވެސް އެދިވަޑައިގެންނެވި އެވެ.

ނައިބް ރައީސް އިތުރަށް ވިދާޅުވީ މީހުން ބިނާކުރުމުގެ މަސްއޫލިއްޔަތަކީ މުޖުތަމައުގެ ވަކި ބައެއްގެ ޒިންމާއެއްގެ ގޮތުގައި ނުދެކި، މުޅި މުޖުތަމައުގެ އެންމެން ގުޅިގެން ކުރަންޖެހިފައިވާ މަސައްކަތެއް ކަމަށެވެ.

މިރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވިދާޅުވީ ފުވައްމުލަކު މަރުކަޒުގެ ތެރެއިން މުސްތަގިއްލުކަމާއެކު މަސައްކަތް ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސާ، މިއީ މި ސަރަހައްދުގެ މައި މަރުކަޒަކަށް ހައްދަވައިދެއްވާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރާއި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފާއި ފުވައްމުލަކުގެ މޭޔަރު އިސްމާއީލް ރަފީގުއާއި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ބައިވެރިވެވަޑައިގަތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް