މުލީ އެއާޕޯޓް ތަރައްޤީ ކުރުމަށް ބިން ހިއްކަން ބަންޑް ވޯލް އެޅުމުގެ މަސައްކަތް ކުރިއަށް

މ. މުލި އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ބިން ހިއްކަން މަސައްކަތް އަޅަންޖެހޭ ބަންޑް ވޯލް އެޅުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާކަމަށް އެމްޓީސީސީން ބުނެފިއެވެ. އެމްޓީސީސީން މިއަދު ބުނީ މ...

23 Apr 2022 | 10:48

މ. މުލި އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ބިން ހިއްކަން މަސައްކަތް އަޅަންޖެހޭ ބަންޑް ވޯލް އެޅުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން މިއަދު ބުނީ މި މަޝްރޫޢުގެ ދަށުން ޓަރމިނަލް ބިލްޑިންގ އެއް އަޅަން ހަމަޖެހިފައިވާއިރު އެ ބިލްޑިންގެ ފައުންޑޭޝަން ގެ މަސައްކަތްތައް ވެސް ވަނީ މިހާރު ފަށާފައި ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 14 ހެކްޓަރުގެ ބިންހިއްކުމާއި، 1،812 މީޓަރުގެ ސަރަޙައްދެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުމާއި، 1،200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ޤާއިމުކުރުމާއި، ޓެކްސީވޭއަކާއި އޭޕްރަންއެއް ޤާއިމުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

މިއީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ 221.7 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް