އޮޔާދިޔަ މީހަކު ބަނާނާ ރީފް ކައިރިން ސަލާމަތް ކޮށްފި

އޮޔާދިޔަ މީހަކު ފުލުހުން ސަލާމަތް ކޮށްފި އެވެ. މެރިން ޕޮލިހުން ބުނީ އެމީހާ އޮޔާ ދަނިކޮށް ފެނުނީ މިއަދު މެންދުރު 1:05 ހާއިރު ކަމަށެވެ. އެމީހާ އަކީ ހުޅުމާލޭ ދެވަނަ ފިޔަވަހިން މޫދަށް އެރުނު މީހެކެވެ. ފުލ...

23 Apr 2022 | 09:40

އޮޔާދިޔަ މީހަކު ފުލުހުން ސަލާމަތް ކޮށްފި އެވެ.

މެރިން ޕޮލިހުން ބުނީ އެމީހާ އޮޔާ ދަނިކޮށް ފެނުނީ މިއަދު މެންދުރު 1:05 ހާއިރު ކަމަށެވެ. އެމީހާ އަކީ ހުޅުމާލޭ ދެވަނަ ފިޔަވަހިން މޫދަށް އެރުނު މީހެކެވެ.

ފުލުހުން ބުނީ އެމީހާ އޮޔާ ދަނިކޮށް ފެނުނީ ސަރަހައްދާއި މާ ދުރުނޫން ހިސާބެއްގައި އޮންނަ ބަނާނާ ރީފް ކައިރިން ކަމަށެވެ.

ފުލުހުންގެ ލޯންޗުގައި އޭނާ މިހާރު ވަނީ ހުޅުމާލެއަށް ގެންގޮސް ހުޅުމަލޭ ފުލުހުންނާއި ހަވާލުކޮށްފަ އެވެ.

ވައިގަދަ ގަނޑުގަދަ ދުވަސް ވަރު މިދިޔަ އަހަރުވެސް މާލެ ސަރަހައްދުގައި މުދަށް އެރޭ މީހުން އޮޔާ ގެންދިއުމުގެ ހާދިސާތައް ހިނގާފައިވެ އެވެ. އަދި ޖެޓީ މަތީ މަސް ބާނަން ހުއްޓަ ކަނޑަށް ވެއްޓުމުގެ ހާދިސާތައްވެސް ހިނގާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް