އުތުރު ކޮރެއާއިން މިދިޔަ ހަފްތާގައިވެސް މިސައިލެއް ޓެސްޓްތަކެއް ކޮށްފި

އުތުރު ކޮރެއާގެ ސުޕްރީމް ލީޑަރު ކިމް ޖޮން އުންގެ ބެއްލެވުމުގެ ދަށުން މިދިޔަ ހަފްތާގައިވެސް އާ މިސައިލެއް ޓެސްޓްކޮށްފައެވެ. އުތުރު ކޮރެއާއިން މިސައިލް ޓެސްޓްތައް ކޮށްފައި މިވަނީ އުތުރު ކޮރެއާގެ ނިއުކުލ...

23 Apr 2022 | 08:04

އުތުރު ކޮރެއާގެ ސުޕްރީމް ލީޑަރު ކިމް ޖޮން އުންގެ ބެއްލެވުމުގެ ދަށުން މިދިޔަ ހަފްތާގައިވެސް އާ މިސައިލެއް ޓެސްޓްކޮށްފައެވެ.

އުތުރު ކޮރެއާއިން މިސައިލް ޓެސްޓްތައް ކޮށްފައި މިވަނީ އުތުރު ކޮރެއާގެ ނިއުކުލިއާ ގާބިލުކަން އިތުރުކުރުމުގެ މަގުސަދުގައި އާ ހަތިޔާރު ސިސްޓަމެއް ޓެސްޓް ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.

އުތުރު ކޮރެއާގެ މީޑިއާއިން މި ހަތިޔާރު ސިފަކޮށްފައިވަނީ "ފްރަންޓްލައިންލޯންގް ރޭންޖް އާޓިލަރީ ޔުނިޓްތަކުގެ ފަޔަރޕަވަރ ވަރަށް ބޮޑަށް ރަނގަޅުކޮށް، ޓެކްޓިކަލް ނިއުކްލިއަރ ހަތިޔާރު ހިންގުމުގައި ގާބިލްކަން އިތުރުކޮށްދޭނެ" ހަތިޔާރެއްގެ ގޮތުގައެވެ.

އެ ގައުމުގެ ބާނީ ކިމް އިލް ސަންގް އުފަންވިތާ 110 އަހަރު ފުރުމާ ދިމާކޮށް ކުރިއަށް ގެންދާ މި ޓެސްޓަކީ ދެކުނު ކޮރެއާ އާއި ޖަޕާނުގެ އިތުރުން އެމެރިކާގައި ވެސް މި އަހަރު އެލާމް އުފެއްދި ސިލްސިލާ ލޯންޗްތަކަށް ފަހު ކުރި ޓެސްޓެކެވެ.

އެގައުމުގެ މީޑިއާއަކުން ބުނީ މިދިޔަ މާޗް މަހު އުތުރުން ވަނީ ހަތަރު އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލެއް (އައިސީބީއެމް) ޓެސްޓްކޮށްފައި ކަމަށާއި އެ މިސައިލް "ނިއުކްލިއާ ގާބިލްކަން ލިބިފައިވާ އެންމެ ބޮޑު މިސައިލް" އުދުއްސާލައި އަމިއްލައަށް އަޅާފައިވާ މޮރޮޓޯރިއަމް އުވާލާފައިވާ ކަމަށެވެ.

ސެޓެލައިޓް ފޮޓޯތަކުން ދައްކާގޮތުން 2018 ވަނަ އަހަރު ވެސް ވަނީ ރަސްމީކޮށް ބަންދުކުރި ޕުންގިޔެ-ރައި ނިއުކްލިއާ ޓެސްޓް ސައިޓުގައި އާ ހަރަކާތެއް ހިންގާކަން ދައްކާފަ އެވެ.

އެ ޓެސްޓްތަކަށް ފަހު ބެއިޖިން އިން މި ހަފުތާގައި ވޮޝިންޓަނަށް ހާއްސަ މަންދޫބެއް ފޮނުވި ކަމަށް ވޮޝިންޓަން ޑީސީގެ ސްޓިމްސަން ސެންޓަރުގެ ޗައިނާ ޕްރޮގްރާމްގެ ޑިރެކްޓަރު ޔޫން ސަން ވިދާޅުވި ނަމަވެސް އެމެރިކާ އާއި ދެކުނު ކޮރެއާއާ އެކު ވަގުތު ހޭދަކުރަން ބިޑް ކުރާ އިރު ވެސް ބެއިޖިން އިން ދަނީ ހިފަހައްޓަމުންނެވެ.

ސޯލްގެ އީވާ ވުމަންސް ޔުނިވާސިޓީގެ އިންޓަނޭޝަނަލް ސްޓަޑީޒްގެ އެސޯސިއޭޓް ޕްރޮފެސަރު ލީފް-އެރިކް އީސްލީ ފާހަގަ ކުރައްވާ ގޮތުގައި އުތުރު ކޮރެއާ އާއި ދެކުނު ކޮރެއާ އަދި ސޯލްގެ ގާތް އެކުވެރިއެއް ކަމަށްވާ އެމެރިކާއާ ދެމެދު މެދުމިނުގެ މީހެއްގެ ގޮތުގައި ޗައިނާ އިން ފައިތިލަ ސާބިތުކުރި އިރު، ކުރީގެ ހާދިސާތަކާ ތަފާތުކަން ފާހަގަ ކުރެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް