މާޕް އިން ބާއްވާ ދެވަނަ އެޗްއާރ ކޮންވެންޝަން މެއި 21 އިން 22އަށް ބޭއްވުމަށް ހަމަޖެހިފައިވާކަން މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސް (މާޕް) އިން ހާމަކޮށްފި އެވެ.
ދެދުވަހުގެ މުއްދަތަށް ބޭއްވުމަށް ހަމަޖެހިފައިވާ މިކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ ނެޝަނަލް ޔުނިވަސިޓީ އޮފް މޯލްޑިވްސްގެ މެއިން އޮޑިޓޯރިއަމްގައެވެ.
" Transformation and Culture- Future of Human Capital." ތީމް ގެ ދަށުން މި ކޮންފަރެންސްގައި އެޗްއާރ ބެސްޓް ޕްރެކްޓިސް ތަކާއި އިންޓަނޭޝަނަލް އެކްސްޕީރިއަންސް ޝެެއާ ކުރެވިގެންދާނެއެވެ.
މި ކޮންފަރެންސްގެ ގައި ރާއްޖެެއާއި ރާއްޖޭން ބޭރުގެ ކީނޯޓް ސްޕީކާސް އާއި އެެކްސްޕާޓް ސްޕީކާސްގެ ބައިވެރިވާނެެއެވެ. އެގޮތުން ރާއްޖޭގެ އިތުރުން ސިންގަޕޯ، ޔޫކޭ، ޓްރިނިޑަޑް އެންޑް ޓޮބަގޯ، އިންޑިޔާ އަދި ސްރީލަންކާގެ މަޝްހޫރު ސްޕީކާސްއިން ހަތަރު ސަބްޓޮޕިކަކަށް ވާހަކަ ދައްކަވާނެެ އެވެ. އޭގެ ތެރޭގައި ހިމެެނެނީ؛
Leadership and Growth
Wellness and Learning Culture
Tech and Transformation
Creating Organizational learning agility
މި ކޮންފަރެނަސް އާއި ބެހެގޮތުން ވާހަކަ ދައްކަވަމުން މާޕްގެ ރައީސް ހުސައިން އަފީފް ވިދާޅުވީ މިއީ ކޮރޯނާ ވައިރަސް ޕެންޑަމިކްގެ ސަބަބުން މި ކޮންވެންޝަން ތިން ފަހަރެއްގެމަތިން ލަސްކުރުމަށްފަހު އިރާދަކުރެއްވިއްޔާ ބޭއްވިގެންދާނެ ފަހަރު ކަމަށެވެ.
"މާޕް ޓީމްއިން މިދަނީ މި ކޮންވެންޝަންއަށް ވަރަށް ތައްޔާރުވަމުން އަދި ޔަޤީން ކުރަނީ ހުރިހާ ފަރާތްތަކުގެ ފުރިހަމަ އެއްބާރުލުމާއި ސަޕޯޓް މިކަމުގައި ލިބިގެންދާނެކަމަށް. އަދި ވަރަށް ކާމިޔާބު ކޮންވެެންޝަން އެއް ކުރީ ފަހަރެކޭ އެއްގޮތަށް މިފަހަރުވެސް ބޭއްވިގެންދާނެކަމަށް" އަފީފް ވިދާޅުވިއެވެ.
މަތީ ފެންވަރުގެ ސްޕީކާސްގެ ސެޝަންތަކުގައި ބަދަލުކުރެވޭ މައުލޫމާތުގެ އިތުރުން އެޗްއާރު ދާއިރާގައި މަސައްކަތްކުރާ އެއްފަރާތް އަނެއްފަރާތާއި ރަގަޅު ޕްރޮފެޝަނަލް ގުޅުމެއް އުފެއްދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ކޮންވެންޝަން ތެރެއިން އެކްސްޕޯގައި ތަފާތު އެޗްއާރ ސޮލިއުޝަންސް ޝޯކޭސް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަން މާޕް އިން ފާހަގަ ކުރެއެވެ. ޖުމްލަ 10 އިންޓަނޭޝަނަލް ސްޕީކާސްގެ އިތުރުން ރާއްޖޭގެެ 20 ފަރާތަކުން ސްޕީކާސް އިންގެ ގޮތުގައާއި ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެގެންދާނެެއެވެ. އަދި މި ކޮންވެންޝަންގައި ގާތްގަޑަކަށް 400 ފަރާތަކަށް ބައިވެރިވުމުގެ ފުރުސަތު ދެވިގެންދާނެއެވެ. ރެޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލެވިފައިވާއިރު މާޕްގެ ވެބްސައިޓުންނާއި ފޭސްބުކް ޕޭޖުން ކޮންފަރެންސް އާއި ބެހޭ އިތުރު މައުލޫމާތު ތައް ލިބެގެންދާނެއެވެ.
މާޕް އަކީ ހިއުމަން ރިސޯސްގެ ދާއިރާއަށް މީހުން ހޭލުންތެރިކޮށް މީހުން ބިނާކުރަން މަސައްކަތް ކުރުމަށް ރާއްޖޭގައި އުފެދުނު ފުރަތަމަ ޖަމިއްޔާއެކެވެ. ޖަމިއްޔާ އުފެދުނުތާ އެއް އަހަރު ވެފައިވާ އިރު، ދާއިރާއާއި ގުޅުންހުރި ތަފާތު ގިނަ ކާމިޔާބު ޕްރޮގްރާމްތަކެއް ވަނީ ހިންގާފައެވެ. އެގޮތުން ޖަމިއްޔާއިން 2019 ވަނަ އަހަރު މާޗް މަހު ދަރުބާރުގޭގައި ބޭއްވި އެޗްއާރު ކޮންވެންޝަން އެންޑް އެކްސްޕޯ ގައި 400 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވެ އެވެ. އަދި ހަމަ އެއަހަރު ލާނިންގ އެންޑް ޑިވެލޮޕްމަންޓް ކޮންފަރެންސްގެ އިތުރުން ރޮބިން ބޭންކްސް އަދި ރޮން ކޮފްމަން ފަދަ ދުނިޔޭގެ މަޝްހޫރު ފަރާތްތަކުގެ ސެޝަންތައް ވަނީ ބާއްވާފައެވެ.
މިއަހަރަށް އިތުރަށް ރޭވިފައިވާ އިވެންޓް ތަކުގެ ތެރޭގައި ދެވަނަ ލާނިންގ އެންޑް ޑިވެލޮޕްމަންޓް ކޮންފަރެންސްގެ އިތުރުން ރޮބިން ބޭންކްސް، މާޝަލް ގޯލްޑްސްމިތް އަދި ރޮން ކޮފްމަން ފަދަ ދުނިޔޭގެ މަޝްހޫރު ފަރާތްތައް ބައިވެރިވާ ސެޝަންތައް ބޭއްވިގެންދާނެއެވެ. ހަމައެއާއިއެކު އެޗްއާރ ބެސްޓް ޕްރެކްޓިސްޝެއާ މިއަހަރުވެސް, އަހަރު ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ބޭއްވިގެންދާނެއެވެ. އަދި ވިލާކޮލެޖާއި އެކު ރިސާޗް މަސައްކަތްތައް ކުރެވި މަޓީ އާއި އެކު ހޮސްޕިޓަލިޓީ އިންޑަސްޓްރީއަށް ބޭެނުންވާ އެވެއާނަސް ޕްރޮގްރާމްތައްވެސް ބޭއްވިގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް