ރައީސްގެ ރޯދަ ދަތުރު - ހިންނަވަރުން ތަފާތު މަންޒަރުތަކެއް

މި އަހަރުގެ ރޯދަމަސް ނިމުމަކާއި ދިމާއަށް ދާއިރު، ގައުމުގެ ވަލިއްޔުލްއަމްރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިވަގުތު ހުންނެވީ އެމަނިކުފާނުގެ އުފަން ރަށް، ޅ. ހިންނަވަރުގައެވެ. ނުރަސްމ...

23 Apr 2022 | 06:15

މި އަހަރުގެ ރޯދަމަސް ނިމުމަކާއި ދިމާއަށް ދާއިރު، ގައުމުގެ ވަލިއްޔުލްއަމްރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިވަގުތު ހުންނެވީ އެމަނިކުފާނުގެ އުފަން ރަށް، ޅ. ހިންނަވަރުގައެވެ.

ނުރަސްމީ މި ދަތުރުފުޅަށް ވަޑައިގެންނެވިކަން ފިޔަވަައި އިތުރު މައުލޫމާތެެއް ރައީސް އޮފީހުން ހާމަކޮށްފައިނުވިނަމަވެސް ސޯޝަލް މީޑިއާއިން ރައީސްގެ މި ދަތުުުރުފުޅުގެ ފޮޓޯތަކާއި ވީޑިއޯތައް އަންނަނީ ފެންނަމުންނެވެ. ފެންނަނީ ތަފާތު މަންޒަރުތަކެކެވެ.

ރަށަށް ވަޑައިގެން ރައީސް ވަނީ އެރަށުގެ އާންމު ރައްޔިތުންނާ ބައްދަލުކުރައްވާ ރަށުތެރޭގައި ހިންގަވާފައެވެ. މި ދަތުރުގައި އެމަނިކުފާނުދެކެ ރަށުގެ ރައްތިތުން ވެލައްވާ ލޯބި ވަނީ ދައްކުވައިދީފައެވެ.

ރަށުގެ ހޮޅުއަށިތަކަށް ވަޑައިގެން ރޯދައިގެ އުފަލުފައި ރައްޔިތުންނާއެކު ވަނީ ބައިވެރިވެލައްވާފައެވެ.

ރައީސްގެ  މި ދަތުރުގައި ތަފާތު ކުރަވަނި އެތައްކަމެއް ފެންނަމުން ދިޔަ އިރު އެންމެ ތަފާތުކުރަވަނި މަންޒަރަކަށް ފެނިފައިވަނީ ކުޑަކުއްޖެއް ރައީސް އަށް އަނބު ކޮތަޅެއް ހަދިޔާ ކުރާ މަންޒަރެވެ.

ޓްވީޓާގައި ދައުރުވަމުން އަންނަ މި ފޮޓޯގައި ކުޑަ ފިރިހެން ކުއްޖަކު ރައީސްގެ އަތަށް ދޮންވެ، ރީނދޫވެފައިވާ އަނބު ކޮތަޅެއް ދެއެވެ. އިތުރު ފޮޓޯއަކުން ފެންނަގޮތުން ރައީސް ވަނީ އޭގެން އަނބެއް  ނަންގަވާ ވަސްބައްލަވާފައެވެ.

https://twitter.com/aneelmufeed/status/1517669102021931008?cxt=HHwWgMDTibyA7I8qAAAA

ހަމައެއާއެކު ކުޑަ މުސަޅެއް އުރައިގެން ހުންނަވާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ވަނީ ސޯޝަލްމިޑިއާގައި ދައުރުވެފައެވެ. ކުޑަ އަންހެން ކުދިންތަކެއް ކައިރިއަށް ވަޑައިގެން އެކުދިން ގެންގުޅުނު ކުޑަ މުސަޅެއް އުރާ ރައީސް އޭގައި ފިރުމަމުން ގެންދަވާ ތަން މި ވީޑިއޯއިން ފެނެއެވެ.

މި ރަމަޟާން މަހުގެ ފަހުދިހައަކަށް އުފަން ރަށަށް ވަޑައިގަންނަވާ ރަށުގެ ރައްޔިތުން ރަމަޟާން މަސް ހޭދަކުރައްވާ ގޮތް ގާތުން ބެއްލެވުމުން ގިނަ ބައެއްގެ ތައުރީފް ރައީސްއަށް ވަނީ ލިބިގެން ގޮސްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް