މިއަހަރު ރާއްޖެއަށް 453 ހައްޖު ކޯޓާ، އެންމެ ގިނަ ކޯޓާ ލިބުނީ އިންޑޮނީޝިއާއަށް

މިއަހަރު ހައްޖުގެ އަޅުކަން އަދާ ކުރުމަށް ރާއްޖެއަށް ދޫކޮށްފައިވަނީ 453 ކޯޓާ ކަމަށް ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން ބުނެފި އެވެ. މަސްޖިދުލް ހަރަމްގެގެ ޓުވިޓާ އެކައުންޓުގައި...

23 Apr 2022 | 05:27

މިއަހަރު ހައްޖުގެ އަޅުކަން އަދާ ކުރުމަށް ރާއްޖެއަށް ދޫކޮށްފައިވަނީ 453 ކޯޓާ ކަމަށް ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން ބުނެފި އެވެ.

މަސްޖިދުލް ހަރަމްގެގެ ޓުވިޓާ އެކައުންޓުގައި ވަނީ ގައުމުތަކަށް ކޯޓާ ދޫކޮށްފައިވާ އަދަދުތައް ހާމަކޮށްފަ އެވެ. މި އަހަރު ހައްޖަށް ގެންދާ މީހުންގެ 85 ޕަސެންޓަކީ ބޭރު ގައުމުތަކުގެ މީހުންނެވެ.

އާންމުކޮށް ރާއްޖެއަށް ހައްޖު ކޯޓާގެ ގޮތުގައި1،000 ލިބެ އެވެ. މިއީ ހައްޖަށް މީހުން ގެންދިއުމުގެ ކޯޓާށް މިހާ މަދުން ރާއްޖެއަށް ލިބުނު ފުރަތަމަ ފަހަރެވެ.

މިއަދުވެސް އެންމެ ގިނަ ކޯޓާ ދޫކޮށްފައިވަނީ އިންޑޮނީޝިއާ އަށެވެ. އެގައުމަށް100،051 ކޯޓާ ދޫކޮށްފައިވާއިރު ޕާކިސްތާނަށް81،132 ކޯޓާ ދޫކޮށްފައިވެ އެވެ. އިންޑިއާއަށް ދޫކޮށްފައިވަނީ79،237 ކޯޓާ އެވެ.

އަރަބި ގައުމުތަކުގެ ތެރެއިން އެންމެ ގިނަ ކޯޓާ ދޫކޮށްފައިވާ މިސްރަށް35،375 މީހުން ހައްޖަށް ފޮނުވުމުގެ ހުއްދަ ދީފައިވެ އެވެ. އެފްރިކާގެ ގައުމުތަކުގެ ތެރެއިން އެންމެ ގިނަ ކޯޓާ ލިބިފައިވަނީ ނައިޖީރިއާއަށެވެ. އެ ގައުމަށް43،008 ކޯޓާ ދޫކޮށްފައިވެ އެވެ.

އެމެރިކާއަށް،9،504 ކޯޓާ، ރަޝިއާއަށް،11،318 ކޯޓާ ދޫކޮށްފައިވެ އެވެ. ޗައިނާއަށް ދޫކޮށްފައިވަނީ9،190 ކޯޓާ އެވެ. އަދި ޔޫކްރެއިނަށް ދޫކޮށްފައިވަނީ91 ކޯޓާ އެވެ.

ސައުދީއިން ހައްޖަށް ދިއުމަށް ހަމަޖެހިފައިވަނީ150،000 މީހުންނަށެވެ.

މި އަހަރުގެ ހައްޖަށް ދެވެނީ ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވާ 65 އަހަރުން ދަށުގެ މީހުންނަށް އެކަންޏެވެ. އަދި ބޭރު ގައުމުތަކުން ހައްޖަށް ދާ މީހުން ނެގެޓިވް ޕީސީއާރު ޓެސްޓެއް ވެސް ހުށަހަޅަން ޖެހެ އެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ހައްޖު ދުވަހަކީ ޖުލައި ހަތެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް