މިސްރުގައި ބޭއްވި ރޯދަވީއްލުމެއްފެނި އެތައްހާސް ކްރިސްޓިއަނުންނެއް ހައިރާން ކުރުވައިފިއެވެ.
އެ ރޯދަވީއްލުމަކީ 15 ވަނަ ރޯދަދުވަހު މިސްރުގެ ވެރިރަށް ގާހިރާގެ އިރުއުތުރުގައި އޮންނަ މަތާރިޔާ އަވަށުގައި،ބޭއްވި ބޮޑު "އިފްތާރު" ޖާފަތެކެވެ.
ގާހިރާގައި ދިރި އުޅޭ މީހުން ވަނީ މުސްލިމުން، އެމީހުން ރޯދަ ވިއްލުމަށްޓަކައި މަގުމަތީ ދިގު މޭޒެއްދަމާ މުސްލިމުންގެ އެއްބައިވަންތަކަން ދައްކުވައިދީފައެވެ.
މި ރީތި މަންޒަރުގެ ސަބަބުން އެތައް ހާސް މުސްލިމުންނާއި ކްރިސްޓިއަނުން އެއްތަނަކަށް އެއްވެއެ އެކަމުގައި ވަނީ ބައިވެރި ވެފައެވެ.
މި ހަރަކާތް ކުރިޔަށްގެންދިޔަ އޯގަނައިޒަރުން ގަބޫލުކުރާ ގޮތުގައި މި ހަރަކާތަކީ ގައުމިއްޔަތާއި ދީންތަކުގެ ތަފާތު ނަސްލުތަކުގެ މީހުންގެ މެދުގައި އެއްބައިވަންތަކަން ގެނެސްދިނުމުގެ މަގްސަދުގައި ބާއްވާ ހަރަކާތެކެވެ.
ޒީނަތްތެރިކަމުން ފުރިގެންވާ މި ކުލަގަދަ ހަރަކާތުގައި އަވަށްޓެރިންގެ ތެރޭގައި 6،000 އެއްހާ މީހުން ބައިވެރިވެ އެވެ.
އެ ގައުމުގައި މި ސަގަފަތަކީ ޒަމާން ތަކަކަށް ދެމިގެން ގޮސްފައި ރީތި އާދައެކެވެ. ނަމަވެސް ކޯވިޑްގެ ސަބަބުން ހުއްޓުމަކަށް އައިސް މި ހަރަކާތް މިވަނީ ކުލަގަދަކޮށް ކުރިޔަށް ގެންގޮސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް