ސޯޝަލް މީޑިއާ އެކްޓިވިސްޓު ޔާމީން މަރާލާފައި އޮއްވަ ފެނިއްޖެ

ތޫނު އެއްޗަކުން ހަމަލާދީ އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓު ޔާމީން ރަޝީދު މަރާލާފައި އޮއްވަ ފެނިއްޖެ އެވެ. އޭނާ މަރާލާފައި އޮއްވަ ފެނުނީ ރޭ ދަންވަރު ބިސްބުރު ގައިރީގައި ހުރި މ. ސްޕެޓިއުލާ ގޭގެ ސިޑި...

23 Apr 2017 | 03:38

ތޫނު އެއްޗަކުން ހަމަލާދީ އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓު ޔާމީން ރަޝީދު މަރާލާފައި އޮއްވަ ފެނިއްޖެ އެވެ.

އޭނާ މަރާލާފައި އޮއްވަ ފެނުނީ ރޭ ދަންވަރު ބިސްބުރު ގައިރީގައި ހުރި މ. ސްޕެޓިއުލާ ގޭގެ ސިޑި ގޮޅީގައި އެވެ. ޔާމީންގެ ހަށިގަނޑު ފެނުނު އިރު ހަށިގަނޑުގެ 14 ތަނަކަށް ވަނީ ވަޅީ ހަރާފައި އެވެ.

އައިޖީއެމްއެޗުން ބުނީ ޔާމީންގެ ބޮލަށާއި ކަރަށްވެސް ތޫނު އެއްޗެއް ހަރާލާފައިވާ ކަމަށެވެ. އަދި މަރުވެފައިވަނީ އެ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ރޭ މެންދަމު 3:48 ހާއިރު ކަމަށެވެ.

ފުލުހުން ބުނީ އޭނާ ފެނިފައިވަނީ ރޭ ދަންވަރު 2:59 ހާއިރު ކަމަށެވެ. އުމުރުން 29 އަހަރުގެ ޔާމީން އަކީ އެމްޑީޕީގެ އެކްޓިވިސްޓެއްގެ އިތުރުން ބްލޮގާ އެކެވެ. މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ވަޒީފާ އަދާ ކުރަމުންދާ ޔާމީނަކީ އައްޑޫ ސިޓީ،

ފުލުހުން ބުނީ އޭނާ މަރާލާފައިވަނީ ތޫނު އެއްޗަކުން ހަމަލާދީ ގަސްދުގައި ކަމަށެވެ. އަދި އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންނަ ކަމަށެވެ.

ޔާމީނަކީ، މީގެ ދެ އަހަރު ކުރިން ވަގަށް ނަގާފައިވާ، މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ ވަރަށް ގާތް އެކުވެރި އެކެވެ. އަދި އޭނާ އަކީ ވަރަށް ފާލުކަން ބޮޑުކޮށް ސޯޝަލް މީޑިއާ މެދުވެރިކޮށް ސަރުކާރަށް ފާޑު ކިޔަމުން އަންނަ މީހެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް