ފޮރިން މިނިސްޓަރު ޑރ މުހައްމަދު އާސިމް ރަސްމީ ދަތުރުފުޅެއްގައި ޕާކިސްތާނަށް ވަޑައިގެންފި އެވެ.
މިނިސްޓަރު ޑރ އާސިމް ދެ ދުވަހުގެ މުއްދަތަށް ކުރައްވާ މި ދަތުރުފުޅުގައި ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފާއި ބައްދަލު ކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނީ މައުލޫމާތު ދެ އެވެ. މި ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން ބަދަހި ކުރެވޭނެ ގޮތާއި ބެހޭގޮތުން މަޝްވަރާ ކުރައްވާނެ އެވެ.
އަދި އެ ގައުމުގެ ބޮޑުވަޒީރަށް ހާރިޖީ ދާއިރާއިން ލަފާ އަރުއްވާ މުޝީރުސަރްތާޖް އަޒީޒް އާއިވެސް މިނިސްޓަރު ބައްދަލު ކުރައްވާނެ ކަމަށެވެ.
މިނިސްޓަރުގެ މި ދަތުރުފުޅުގައި ޕާކިސްތާންގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާއި ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.
ފޮރިން މިނިސްޓްރީން ބުނީ މިނިސްޓަރުގެ އަރިހުގައި މި ދަތުރުފުޅުގައި އެ މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ އިބްރާހިމް ޝިހާބު އަދި ޑިރެކްޓަރު އާމިނަތު ޝަބީނާ ބައިވެރިވެ ވަޑައިގެންނަވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް