ސައިންސުގެ ދިފާޢުގައި މުޒާހަރާތަކެއް ކޮށްފި

ސިޔާސީ ގޮތުން ސައިންސްއަށް ގޮންޖެހުންތައް ކުރިމަތިކުރުވާ ފަރާތްތަކާއި ދެކޮޅަށް "މަޗް އޮފް ސައެންސް"ގެ ނަމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުޒާހަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ. "އާތް ޑޭ" އާއި ގުޅ...

23 Apr 2017 | 02:30

ސިޔާސީ ގޮތުން ސައިންސްއަށް ގޮންޖެހުންތައް ކުރިމަތިކުރުވާ ފަރާތްތަކާއި ދެކޮޅަށް "މަޗް އޮފް ސައެންސް"ގެ ނަމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުޒާހަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ.

"އާތް ޑޭ" އާއި ގުޅުވައިގެން ކުރިއަށް ގެންދިޔަ މި މުޒާހަރާތަކުގައި އެތައް ހާސް ސައިންސްވެރިންނެއް ބައިވެރިވެ އެމީހުންގެ ޝުޢޫރުތައް ފާޅުކޮށްފައިވެއެވެ.

އޮސްޓްރިއާގެ ވިއޭނާގެ ފަރާތްތަކަކުން އިންތިޒާމް ކުރި މި މުޒާހަރާގެ މެއިން އިވެންޓް ކުރިއަށް ގެންގޮސްފައިވަނީ އެމެރިކާގެ ވޮޝިންގުޓަންގައެވެ. އެ ފާރަތުން ބުނީ މި މުޒަހާރާތަކުގެ މަޤުޞަދަކީ ސައިންސްވެރިންނާއި އެމީހުން ހޯދާ ހޯދުންތައް ޢާންމުނާއި ހަމައަށް ފޯރުކޮށް ދިނުމަށް އޮންނަ މަގު އިތުރަށް ތަނަވަސް ކޮށްދިނުމެވެ.

ވޮޝިންޓަންގައި މި މުޒާހަރާ ޕްރޮމޯޓްކުރި ފަރާތްތަކުން ބުނީ މި މުޒާހަރާގެ މަޤުޞަދަކީ އެއްވެސް ޙާލެއްގައި ރާއިސް ޑޮނާލްޑް ޓްރަމްޕްގެ ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރުން ނޫންކަމަށާއި، ނަމަވެސް މި ކަންތައްތައް ފެށެން މެދުވެރިވީ ޓްރަމްޕްގެ ސަރުކާރުގެ ސަބަބުން ކަމަށް ބުނެފައެވެ.

މީގެ ކުރިން ރާއީސް ޓްރަމްޕްވަނީ ކުލައިމެޓް ޗޭންޖަކީ އޭގައި އެއްވެސް ހަޤީގަތެއް އެކުލެވިގެން ވާއެއްޗެއް ނޫންކަމަށާއި އަދި ސައިންސަކީ ވެސް ހަމައެފަދަ އެއްޗެއް ކަމަށް ބުނެފައެވެ. އަދި އެމެރިކާ ސަރުކާރުން މިހާރު އަންނަނީ ސައިންޓިފިކް ރިސާރޗްތަކަށް އޮންނަ ފަންޑިގްސްވެސް ކަނޑަމުންނެވެ.

ވިއޭނާ އަދި ވޮޝިންގްޓަންގެ އިތުރުން ލަންޑަން، ބާލިން، ޖެނީވާ، އަދި ސިޑްނީގައިވެސް އެ މުޒާހަރާ ކުރިއަށް ގެންގޮސްފައިވެއެވެ.

(ބީބީސީ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް