އަޑުގަދަކުރާއިން ކޮންމެ ދުވަހަކު ފަތިހު ބަންގީގެ އަޑު އިވުމާއެކު ހޭލަންޖެހޭތީ އުނދަގޫވަކަމަށް ބުނި ސޯނޫ ނިޖަމްގެ ޝުޢޫރަށް އިޙްތިރާމް ކުރާކަމަށް ބޮލީވުޑްގެ ބަތަލާއި ކަންގަނާ ރަނާވަތު ބުނެފިއެވެ.
ކަންގަނާ މިހެން ބުނެފައިވަނީ ރޭ އިވެންޓެއްގެ ތެރެއިން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ.
ކަންގަނާ ބުނީ އޭނާ އެއްވެސް ކަހަލަ ދީނީ ތަފާތުކުރުމުގެ ޙިޔާލުތަކެއް ނުގެންގުޅޭކަމަށާއި ތަންނޫ ވޭޑްސް މަންނޫގެ ޝޫޓިންއަށް ލަކުނޯންގައި ހުރިއިރު ބަންގީގެ އަޑު ވަރަށް ގިނައިން އިވޭކަމަށެވެ. އަދި ބަންގީގެ އަޑަށް އުނދަގޫވެގެން އެއްއިރަކުވެސް ނޫޅޭކަމަށް އޭނާ ބުންޏެވެ.
އެހެންނަމަވެސް އެމީހަކަށް އެމީހެއްގެ ހިތުގައި އޮތް ޝުޢޫރު ފާޅުކުރެވެންޖެހޭނެ ކަމަށާއި އެ ގޮތުން ސޯނޫ ވެސް އެ ފާޅުކުރީ އޭނާގެ ހިތުގައި އޮތް ޝުޢޫރުކަމަށް ކަންގަނާ ބުންޏެވެ. އަދި ޝޯޝަލް މީޑީއާއަކީ މިފަދަ ޙިޔާލުތައް ބަދަލުކުރަމަށް އޮންނަ ތަނެއްކަމަށާއި އެކަކު އަނެކެއްގެ ޙިޔާލުތަކަށް އިޙްތިރާމް ކުރަންވެސް ޖެހޭނެކަމަށް އޭނާ ބުނިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް