ބޮލީވުޑްގައި ފިޔަޖަމުން އަންނަ އަދި މިއަހަރު ގައުމީ އެވޯޑު ލިބުނު ސޯނަމް ކަޕޫރަށް އިންޑިއާގެ ގައުމީ ސަލާމް އޮޅިއްޖެ އެވެ.
އޭނާއަށް ގައުމީ ސަލާމް އޮޅިފައިވަނީ ހިންދުސްތާން ޓައިމްސްއިން ކުރިއަށްގެންދާ ކެންޕެއިނެއް ކަމަށްވާ "ލެޓްސް ޓޯކް އެބައުޓް ޓްރޯލްސް" އަށް އޭނާ ދިން އިންޓަރވިއު އެއްގަ ކިޔަމުން ދަނިކޮށެވެ. އެ ކެމްޕެއިންނަކީ އޮންލައިން ޓްރޯލްސް ނުވަތަ ޝޯޝަލް މީޑިއާގައި އެކްޓަރުން ފާޅުކުރާ ހިޔާލުތަކުގެ ސަބަބުން އުފެދޭ ދެ ބަސްވުންތަކާއި ހަމަނުޖެހުންތަކާއި މެދު އެހެން އެކްޓަރުންގެ ޙިޔާލު ގެނެސްދިނުމަށް ތައްޔާރުކޮށްފައިވާ ކެމްޕެއިނެކެވެ.
ސޯނަމް އިންޓަރިވިއުގައި ބުނީ އޭނާ އިންޑިއާ މީހަކަށް ވީތީ ފަޙުރުވެރިވާކަމަށާއި، އޭނާ އޭނާގެ ޤައުމުދެކެ ލޯބިވާކަމަށެވެ. ނަމަވެސް ބައެއް ފަހަރު ބައެއް މީހުންނާއި، އެކިކަހަލަ ތަފާތު ކުރުމުގެ ޙިޔާލުތައް ގެންގުޅޭ މީހުނަށް އޭނާއަކީ ޤައުމާ ދެކޮޅު މީހެއްގޮތުގައި ސިފަވަނީ އޭނާ ކަންކަމާއި މެދު ސުވާލު އުފައްދާތީއާއި އަދި އެކަކަންކަމާއި މެދު އޭނާ ދެކޭގޮތް ތަފާތުވުމުންނެވެ.
ޤައުމީ ސަލާމް އަޑުއެހުމަށް ބުނެ އެ ސަލާމުގައި އިންނަ، ހިންދޫ، މުސްލިމު، ސިކް، އިސާ ކިޔާ ކަޑިއެއް ހަނދާނަށް ގެނައުމަށް ސޯނަމް ބުނެއެވެ. ނަމަވެސް މިއީ އިންޑިއާގެ ޤައުމީ ސަލާމުގައި އިންނަ ކަޑިއެއް ނޫނެއެވެ.
ސޯނަމްގެ މި އިންޓަރވިއު ވައިރަލް ވެގެންދިއުމާއެކު ގިނަ ބައެއްގެ ފާޑުކިޔުންތައް އޭނާއަށް އަމާޒުވެގެންދިޔައެވެ. މިގޮތުން އެންމެ ބޮޑު ފާޑުކިޔުންތަކެއް ސޯނަމްއަށް އަމާޒުކޮށްފައިވާނީ ޓްވިޓގައެވެ.
ޓްވީޓް ކުރި ފާރާތްތަކުން ވަނީ ޤައުމީ ސަލާމުގައި އެހެން ލިޔެފަ އޮންނަ ކަޑިއެއް ދެއްކުމަށް ސޯނަމް ކައިރި އެދިފައެވެ. އަދި ޓްވީޓްކުރި އެހެން ފަރާތަކުން ބުނީ ޤައުމީ ސަލާމުގެ ކަޑިއެއްކަމަށް ހީކޮށް ސޯނަމްއަށް އޮޅިގެންކީފަ އެއޮތީ ބެންގާލީ ޅެމެއްގެ ކަޑިއެއްކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް