ޖަޖުންނަށް ލިބިފައި އޮންނަ "ނޯ އެލިމިނޭޝަން ޕަވާ" އާއި އެކު މޯލްޑިވިއަން އައިޑަލް ސީޒަން ދޭއްގެ ގަދަ ފަސް ބައިވެރިން ކުރިއަށް އޮތް ރައުންޑަށް ދަތުރުކޮށްފިއެވެ.
ނޯ އެލިމިނޭޝަން ޕަވައަކީ އައިޑަލްގެ އެލިމިނޭޝަން ނައިޓްގައި އެއްވެސް ބައިވެރިޔަކު ނުކަޓާއި ކުރިއަށް އޮތް ރައުންޑަށް ގެންދިއުމަށް ޖަޖުންގެ ޕެނަލްއަށް ލިބިފައި އޮންނަ ބާރެކެވެ. އައިޑަލްގެ ޕްރެންޗައިޒް ކުރިއަށްގެންދާ އެހެން ޤައުމުތަކުގައިވެސް ޖަޖުންނަށް މި ފުރުޞަތު ލިބެއެވެ.
ގަދަ ފަސް ބައިވެރިންގެ ހުށަހެޅުންތަކެއް ފެނިގެންދިޔަ މިރޭގެ އައިޑަލް ޝޯގައި އެ ބައިވެރިންނާއެކު އައިޑަލް ސީޒަން އެކެއްގެ ބައިވެރިން ކަމުގައިވާ ފުރަތަމަ މޯލްޑިވިއަން އައިޑަލްގެ ޓައިޓަލް ގެންދިޔަ ލައިޝާ ޖުނައިދުގެ އިތުރުން ޝަލަބީ އިބްރާޙިމް، މުޙައްމަދު އިޝާން، މުއައްޒިން މުޙައްމަދު އަދި ޞާދިގު އަޙްމަދު ބައިވެރިވެ ލަވަތައް ހުށަހަޅާދީފައިވެއެވެ.
ގަދަ ފަހެއްގައި އަންނަ ހަފްތާގެ ޝޯގައި ގަދަ ފަހެއް ވާދަ ކުރިޔަސް މިބައިވެރިންގެ ތެރެއިން ދެ ބައިވެރިޔަކު އަންނަ ހަފްތާގެ ޝޯއިން ވަކިވާނެއެވެ.
މިދިޔަ ހަފްތާގެ ޝޯގައި ގަދަ ހަ ބައިވެރިންގެ ހުށަހެޅުންތަކުގެ ފެންވަރު ދައްކަމަށް ބުނެ ޝޯ ދޫކޮށްދިޔަ މި ސީޒަންގެ ޖަޖް އިސްމާއިލް އައްފާން ވަނީ އިއްޔެ ރޭގެ ޝޯގައި ޖަޖުންގެ ޕެނަލްއާއި އަލުން ގުޅިފައެވެ. ގަދަ ހައެއްގެ އެލިމިނޭޝަން ޝޯގައި އައްފާން ބައިވެރިއެއް ނުވެއެވެ. އައްފާންގެ ބަދަލުގައި އެރޭގެ ޝޯއިން ފެނިގެން ދިޔައީ މިދިޔަ ސީޒަންގައި ޖަޖުންގެ ޕެނަލުން ފެނިގެން ދިޔަ އަޙްމަދު އިބްރާޙިމް (އައްމަޑޭ) އެވެ.
އިއްޔެ ރޭގެ ޝޯގައި ކޮންމެ ބައިވެރިޔަކުވަނީ ދެ ލަވަ ހުށަހަޅާދީފައިވެއެވެ. ފުރަތަމަ ހުށަހަޅާދީފައިވަނީ ޖަޖު އިސްމާއީލް އައްފާންގެ ޗޮއިސްއެވެ. ދެ ވަނައަށް ބައިވެރިން ލަވަ ހުށަހަޅާދީފައިވަނީ "އެކޫސްޓިކް" ތީމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް