އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އެކަކު ސީރިއަސް ހާލުގައި

ހިތަދޫ ބޮޑުމަގުގައި ދެ ސައިކަލް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އެކަކަށް ސީރިއަސް ޒަހަމް ތަކެއް ލިބިގެން ފަރުވާ ދެމުން އެބަދެއެވެ. އައްޑޫ ނޫހެއް ކަމަށްވާ އައްޑޫ ލައިވްގައި ބުނެފައިވަނީ ހިތަ...

23 Apr 2015 | 14:32

ހިތަދޫ ބޮޑުމަގުގައި ދެ ސައިކަލް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އެކަކަށް ސީރިއަސް ޒަހަމް ތަކެއް ލިބިގެން ފަރުވާ ދެމުން އެބަދެއެވެ.

އައްޑޫ ނޫހެއް ކަމަށްވާ އައްޑޫ ލައިވްގައި ބުނެފައިވަނީ ހިތަދޫ ބޮޑު މަގުގައި ހުންނަ މެދުވަލު ސްކޫލް ކުރިމަތިން ހިނގި މި އެކްސިޑެންޓުގައި އޭގެ ތެރެއިން އެއް ސައިކަލް ދުއްވަން އިން މީހާގެ މޫނަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާ އިރު އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ ހޮސްޕިޓަލުގެ އޮފިޝަލަކު ވަނީ 'އައްޑޫލައިވް' އަށް މައުލޫމާތު ދީފައިވާކަމަށެވެ.

އަދި އެކްސިޑެންޓްވި ދެސައިކަލްގެ ތެރެއިން އެއްސައިކަލް ދުއްވަން އިނީ ބިދޭސީއެއް ކަމަށާއި އޭނާ ވެސް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އޭނާ އަށް ބޭރު ފުށުން އަނިޔާއެއް ފެންނަން ނެތް ކަމަށް އެކްސިޑެންޓް ހިނގި ސަރަހައްދުގައި ހުރި މީހަކު ބުނެފައިވާކަމަށްވެސް އެ ނޫހުގައި ވެ އެވެ.

އައްޑޫލައިވްގައި އިތުރަށް ބުނެފައިވަނީ މި އެކްސިޑެންޓްގައި ޒަޚަމްވި ދިވެހި ފިރިހެން މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ހޭނާރާ ކަމަށް 'އައްޑޫލައިވް' އަށް ވަނީ މައުލޫމާތު ލިބިފައިވާކަމަށާއި މި އެކްސިޑެންޓް ހިނގި ވަގުތަކީ ހިތަދޫގެ ބޮޑު ހިސާބަކުން ކަރަންޓު ކެނޑި މުޅި ރަށް ކަނު އަނދިރީގައި އޮތް ވަގުތެއް ކަން ފާހަގަކޮށްލެވޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް