މާފުށީ ޖަލުގައި ހުކުމްތަންފީޒު ކުރަމުން ދިޔަ ގައިދީއަކު މިއަދު މަރުވެއްޖެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބުނީ މަރުވެފައިވަނީ ސ. މަރަދޫ / ފޯ ފްލާވަރ އިބްރާހިމް ޝަމްވީލް (23 އަހަރު) ކަމަށެވެ.
ކަރެކްޝަނުން ބުނީ އޭނާ ފެނިފައި ވަނީ މިއަދު ހަވީރު 4:20 ހާއިރު ގޮޅީގައި ދަންޖެހިފައި ހުއްޓާ ކަމަށެވެ.
އެގޮތުން ވަގުތުން އިބްރާހިމް ޝަމްވީލް މާފުށީ ހޮސްޕިޓަލަށް ގެންދިއުމުން 4:55 ގައި މަރުވެފައިވާކަމަށް ޑޮކްޓަރު ކަނޑައަޅާފައިވާ ކަމަށް ކަރެކްޝަނުން ހާމަކޮށްފައި ވެއެވެ.
އޭނާއަކީ މީހެއްގެ ފުރާނައަށް ގެއްލުމެއް ދީފާނެކަމުގެ ބިރުދައްކާ އެފަދަކަމެއް ކޮށްފާނެ ކަމުގެ ކުށުގައި 1 އަހަރާއި 6 މަސް ދުވަހުގެ ޙުކުމެއް ތަންފީޒުކުރަމުން ދިޔަ މީހެއްކަމަށް ކަރެކްޝަނުން ބުނެފައި ވެއެވެ.
އިބްރާހިމް ޝަމްވީލް މަރުވުމާ ގުޅިގެން އެކަން މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައިވާ ކަމަށް ކަރެކްޝަނުން ހާމަކުރެެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް