ކަންބޮޑުވުންތަކާގުޅިގެން ތެލަސީމިއާ ސެންޓަރުގެ ހާލަތު ބައްލަވަން ރައީސް ޒިޔާރަތް ކުރައްވައިފި

ތެލަސީމިއާ ސެންޓަރުގެ ބައެއް ޚިދުމަތްތަކާއި ގުޅިގެން ރޭގެ ވަގުތެއްގައި ތެލެސީމިއާ ކުދިންގެ ބެލެނިވެރިން ހިމެނޭހެން ގިނަބަޔަކު ކަންބޮޑުވުންތައް ފާޅުކޮށްފައި ވަނިކޮށް އެ ތަނުގެ ހާލަތު ބެއްލެވުމަށް ރައީސ...

23 Mar 2025 | 08:51

ތެލަސީމިއާ ސެންޓަރުގެ ބައެއް ޚިދުމަތްތަކާއި ގުޅިގެން ރޭގެ ވަގުތެއްގައި ތެލެސީމިއާ ކުދިންގެ ބެލެނިވެރިން ހިމެނޭހެން ގިނަބަޔަކު ކަންބޮޑުވުންތައް ފާޅުކޮށްފައި ވަނިކޮށް އެ ތަނުގެ ހާލަތު ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ސެންޓަރަށް ޒިޔާރަތްކުރައްވައިފިއެވެ.

އެގޮތުން މިއަދު ހެނދުނު ތެލަސީމިއާ ސެންޓަރަށް ވަޑައިގެން ރައީސް މުޢިއްޒު ވަނީ އެ ތަނުގައި މި ވަގުތު ހުރި މައްސަލަތަކުގެ މައުލޫމާތު އޮޅުން ފިލުއްވާފައެވެ.

އަދި ތެލަސީމިއާ ކުދިންގެ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ގެނެސް ދެއްވާނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.

ތެލަސީމިއާ ސެންޓަރުގައި ބޭނުންކުރާ ފިލްޓަރުތައް ހަލާކުވެ، ލޭ ޕެކެޓުތައް އުކާލަންޖެހޭ މިންވަރު އިތުރުވެފައިވާކަމަށް ބުނެ އެ ސެންޓަރުގެ ކުރިމަތީގައި ސެންޓަރުގ ވެރިންގެ އިސްތިއުފާއަށް ގޮވާލާ ތެލެސީމިއާ ތަހައްމަލު ކުރަމުންދާ ކުދިންގެ އާއިލާއިންނާއި ފަރުވާ ހޯދާ ފަރާތްތަކުން ވަނީ ރޭ މުޒާހަރާކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް