ޝަމްއާން އަންހެނުންގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް - އިމިގްރޭޝަންގެ ދެ މުވައްޒަފެއްގެ ޕާސްޕޯޓު ހިފަހައްޓާފައިވޭ

އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު ޝަމްއާން ވަހީދުގެ އަންހެނުންގެ ފޯނާއި، އިމިގްރޭޝަންގެ ދެ މުވައްޒަފެއްގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ. ޝަމްއާންގެ އާއިލާގެ މެންބަރެއްގެ ފޯނު ހިފެހެއްޓި ކަމާއި އިމިގްރޭ...

23 Mar 2025 | 08:25

އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު ޝަމްއާން ވަހީދުގެ އަންހެނުންގެ ފޯނާއި، އިމިގްރޭޝަންގެ ދެ މުވައްޒަފެއްގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.

ޝަމްއާންގެ އާއިލާގެ މެންބަރެއްގެ ފޯނު ހިފެހެއްޓި ކަމާއި އިމިގްރޭޝަންގެ ދެ އޮފިސަރެއްގެ ޕާސްޕޯޓު ހިފެހެއްޓިކަން ފުލުހުން ދުވަހަށް ކަށަވަރުކޮށްދެއެވެ.

ދުވަހަށް މައުލޫމާތުދެމުން ފުލުހުން ބުނީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ވަނީ ފުރުން މަނާކޮށްފައި ކަމަށެވެ.

"އޭގެ އިތުރުން ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ އާއިލާ މެންބަރެއްގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވޭ" ފުލުހުން ބުނެފައިވެއެވެ.

ގިނަ އަދަދެއްގެ ފައިސާޔާއެކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީންތަކެއްގެ ތެރެއިން ބިދޭސީއަކު ދޫކޮށްލައި އަދި އެ ބިދޭސީ މީހާ އަތުން ބައިލައްކައެއްހާ ރުފިޔާ ހޯދައި އެ ފައިސާ ޝަމްއާން ދިރިއުޅޭ ގެއަށް ދެއްވި ކަމުގެ ތުހުމަތުގައި ޝަމްއާންގެ އިތުރުން އިމިގްރޭޝަންގެ ތިން މުވައްޒަފަކު، ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން ޝަމްއާންގެ ބަންދަށް 15 ދުވަސް އަދި އަނެއް ތިން މީހުންގެ ބަންދަށް ކޯޓުން ވަނީ 10 ދުވަސް ދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް