އިސްރާއީލުން ލުބުނާނަށް ހަމަލަތަކެއް ދީފި

އިސްރާއީލުން ލުބުނާނަށް އަމާޒުކޮށް ހަމަލަތަކެއް ދީފިއެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ވައިގެ މަގުން ގިނަ އަދަދަކަށް ހަމަލަ އިސްރާއީލުން ލުބުނާނަށް ދީފައިވެއެވެ. އިސްރާއީލުން ބުނެފައިވާގޮތުގައި ވައި...

23 Mar 2025 | 00:30

އިސްރާއީލުން ލުބުނާނަށް އަމާޒުކޮށް ހަމަލަތަކެއް ދީފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ވައިގެ މަގުން ގިނަ އަދަދަކަށް ހަމަލަ އިސްރާއީލުން ލުބުނާނަށް ދީފައިވެއެވެ.

އިސްރާއީލުން ބުނެފައިވާގޮތުގައި ވައިގެ އެ ހަމަލަތަކަކީ ލުބުނާނު ފަޅިން އިސްރާއީލަށް އިއްޔެ އަމާޒުވި ތިން ރޮކެޓު ހަމަލާގެ ރައްދު ހަމަލައެވެ. އެ ހަމަލައިގާ ހިޒްބުﷲ އަށް ނިސްބަތްވާ ކޮމާންޑް ސެންޓަރެއް ސުންނާފަތިކޮށްލެވުނު ކަމަށް އިސްރާއީލުން ބުނެފައިވެއެވެ.

ލުބުނާނުގެ ސިއްހަތާއިބެހޭ ވުޒާރާއިން ބުނެފައިވާގޮތުގައި އސްރާއީލުގެ އެ ހަމަލައިގާ ހަތް މީހެއްގެ ފުރާނަ ގެއްލި 40 މީހަކު ޒަހަމްވެފައިވެއެވެ.

ހަމަލަ ބަދަލުކުރުން ހުއްޓާލަން އިސްރާއީލާއި ހަމާސް އިން ވި އެއްބަސްވުމާ ހިލާފަށް އިސްރާއީލުން ޣައްޒާއަށް ހަމަލަދޭން ފެށުމުން ލުބުނާނުން ވަނީ އިސްރާއީލަށް ހަމަލަދޭން ފަށާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް