ދަޢުލަތުގެ ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ޕެޓްރޯލް ވިއްކާ އަގު ދަށްކޮށްފިއެވެ.
އެސްޓީއޯއިން މިއަދު ބުނެފައިވަނީ ޕެޓްރޯލް ލީޓަރެއްގެ އަގު 13 ރުފިޔާ 98 ލާރިން، 13 ރުފިޔާ 50 ލާރިއަށް ލީޓަރެއްގެ އަގު ދަށްކޮށްފައިވާކަމަށެވެ. އެއީ 48 ލާރީގެ ކުޑަކުރުމެކެވެ.
އެސްޓީއޯއިން އެންމެ ފަހުން ޕެޓްރޯލް ލީޓަރެއްގެ އަގު ދަށްކޮށްފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.
2024 ވަނަ އަހަރުގެ މެއި މަހުގެ 27 ވަނަ ދުވަހު ޕެޓްރޯލާއި ޑީސަލްގެ އަގު ދަށްކޮށްފައިވެއެވެ. އަދި ހަމަ އެހެންމެ އެ ތާރީހުގައި ޑީސަލްގެ އަގުވެސް ދަށްކުރިއެވެ. އަދި މިފަހަރުގެ މި ދަށް ކުރުމާއެކު ޑީސަލްގެ އަގު ދަށްކޮށްފައިނުވާއިރު، ފާއިތުވި އަހަރެއް ދެ އަހަރުގެ ތަފާސް ހިސާބަށް ބަލައިލާއިރުވެސް ޕެޓްރޯލްގެ އަގާއެކު ޑީސަލްގެ އަގުވެސް ދަށްކުރަމުން ގޮސްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް