ޝަމްއާންގެ ބަންދަށް 15 ދުވަސް – އަނެއް ތިން މީހުންގެ ބަންދަށް 10 ދުވަސް

ބިދޭސީއެއްގެ ފައިސައިގާ ޖެހުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ، ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދުގެ ބަންދަށް 15 ދުވަސް އަދި އެ މައްސަލައިގާ ހައްޔަރުކޮށްފައިވާ އަނެއް ތިން މީހުންގެ...

22 Mar 2025 | 20:06

ބިދޭސީއެއްގެ ފައިސައިގާ ޖެހުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ، ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދުގެ ބަންދަށް 15 ދުވަސް އަދި އެ މައްސަލައިގާ ހައްޔަރުކޮށްފައިވާ އަނެއް ތިން މީހުންގެ ބަންދަށް 10 ދުވަސް ކޯޓުން ދީފިއެވެ.

މިކަން މިރޭ ފުލުހުން ހާމަކޮށްފައިވާއިރު މީގެ ދެ ރެއެއް ކުރިން ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމުގެ މައުލޫމާތު ލިބިގެން ބުރާސްފަތި ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި ގެއެއް ބަލައިފާސްކޮށް ތިން މީހަކު ހައްޔަރުކުރި ކަމަށެވެ.

އޭގެ ފަހުން ހުކުރު ދުވަހުގެ ރޭ ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ގިނަ އަދަދެއްގެ ފައިސާއެކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީންތަކެއްގެ ތެރެއިން ބިދޭސީއަކު، ކޮންޓްރޯލަރުގެ އަމުރަށް ޑިޓެންޝަނުން ދޫކޮށްލައި އިމިގްރޭޝަންގެ މުވައްޒަފުންތަކެއް އެ ބިދޭސީމީހާއާއި މަގުމަތިން ބައްދަލުކޮށް އެ ފައިސާ ޝަމްއާން ދިރިއުޅޭ އިމާރާތަށް ގެންދިޔަ ކަމަށެވެ.

ކޯޓު އަމުރެއްގެ ދަށުން ޝަމްއާން ހައްޔަރުކުރިކަން ފުލުހުން ހާމަކުރީ ރޭގެ ވަގުތެއްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް