ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރެވިފައިވާ ސްލޮޓްތަކުގެ ބިންގަނޑު އެއްވަރުކޮށް އިން ވަކިކުރަން މިއަދު ފަށައިފިއެވެ.
މިކަމަށް މިއަދު ހުޅުމާލެ ފޭސް ދޭއްގައި އެކަމަށް ހާއްސަކޮށްފައިވާ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި އިން ވަކިކުރުމުގެ މަސައްކަތް ފައްޓަވައިދެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޑީ ފަޒުލް ވިދާޅުވީ ސިން ސާފުކޮށް އިން ވަކިކޮށްދިނުމުން މަސައްކަތް އަވަސްވެ، ޕޯޓަލް މެދުވެރިކޮށް ދޭ ހުއްދަ ލިބުމާއެކު އިންފާރު ރާނަން ފެށޭނެ ކަމަށެވެ.
ފަޒުލް ވިދާޅުވީ ހުޅުމާލޭގައި ބިންވެރިޔާގެ ގޯތިތަކުގެ ތެރެއިން ހިއްކަމުންދާ ސަރަހައްދު ފިޔަވައި ދެންހުރި ހުރިހާ މަސައްކަތްތަކެއް މިވަގުތު ހައްލުކޮށްދެވެންހުރި ކަންތައްތަކެއް ހައްލުކޮށްދީ ނިންމުމަކީ އެޗްޑީސީގެ އުންމީދެއް ކަމަށެވެ.
ބިންވެރިޔާ ސްކީމްގައި 9001 ގޯތި ދޫކުރުމަށް ހަމަޖެހިފައިވާއިރު އޭގެ ތެރެއިން 1351 ގޯތި ދޫކުރަން އޮތީ ހުޅުމާލެއިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް