ޞިއްޙީ ހާލަތެއް މެދުވެރިވުމުގެ ސަބަބުން، އިލްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިމާމުވެ ތަރާވީސް ނަމާދު ކުރުން ވަގުތީ ގޮތުން މެދުކަނޑުއްވާލައްވައިފިއެވެ.
މިކަން ހާމަކުރައްވައި ޝަހީމް ވިދާޅުވެފައިވަނީ ގިނައިރު ކޮޅަށް ހުރުމަށް ދަތިވާ ޞިއްޙީ ސަބަބެއް މެދުވެރިވެގެން، ޑަކުޓަރުންގެ ލަފާގެ މަތިން މިރެއިން ފެށިގެން އިމާމުވެ ތަރާވީސްކުރުން މެދުކަނޑުއްވާލައްވާކަމަށެވެ.
"އަވަސް ސާޖަރީއަކަށްދާތީވެ އެންމެހާ ލޮބުވެތި އަޚުންނާއި އުޚުތުންގެ ހެޔޮ ދުޢާއަށް އެދެން" ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ.
ޝަހީމް އިތުރަށް ވިދާޅުވެފައިވަނީ ފަރުވާގެ ކަންކަން ފުރިހަމަވުމުން އަލުން އިމާމުކަމަށް އައުމަށް ނުހަނު އުންމީދުކުރައްވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް