މީގެ ދެތިން ހަތަރު އަހަރު ކުރިއަށްޖެހިލާއިރު ކޮންމެ އަހަރެއްގެ ރޯދަމަހުގައިވެސް "އެންމެ އަގުހެޔޮ ޕްރޮގްރާމް" ގެ ނަމުގައި އިކޮނޮމިކް މިނިސްޓްރީން އިސްވެ އާއްމު ބައެއް ތަކެތީގެ އަގުތައް ގެނެސްދެމުން ގެންދިޔައެވެ.
އެ ޕްރޮގްރާމްގައި ބައިވެރިވާ ފިހާރަތަކުން އެ ފިހާރަތަކުގެ އަގުތައް މިނިސްޓްރީއާއި ހިއްސާ ކުރުމުން މިނިސްޓްރީން އެ ތަފާސް ހިސާބުތައް އާންމު ކުރުމުން މީޑިއާތަކުން އެ މައުލޫމާތު ކަވަރު ކުރުމުން އެކަންވެފައި އޮންނަނީ ވަރަށް ބޮޑު ފަސޭހައަކަށެވެ.
ކޮންމެއަކަސް މިފަހަކަށް އައިސް އެ ޕްރޮގްރާމް ކޮންމެވެސް ސަބަބަކާ ހުރެ ވަނީ މެދުކަނޑާލާފައެވެ.
މިއަދު ދުވަހުން މި ބަލައިލީ މާލޭގެ ނަން މަޝްހޫރު ފަސް ފިހާރައެއްގައި ސެލެކްޓެޑް ފަސް އައިޓަމެއް ލިބެންހުރި އަގުތަކަށެވެ.
އެ ފިހާރަތަކަކީ:
- ރެޑްވޭވް
- ޝޮޕް އެންޑް ސޭވް
- ވިލާ މާޓް
- ޗެކްމާކް
- އިހުސާން ފިހާރަ
ސެލެކްޓެޑް ފަސް އައިޓަމަކީ:
- ފިޔާ (ކިލޯ)
- ޑަބަލް ޕީޗް ގެރިކިރު ދަޅު
- ޕިކްސީ އަލަނާސި ދަޅު
- ބިސް
- ފެލިވަރު މަސް ދަޅު ޓޫނާ ޗަންކްސް އިން އޮއިލް
ވަކިވަކި ފިހާރަތަކުގެ އަގުތައް:
އިހްސާން ފިހާރަ
އަލަނާސި ދަޅު – 26.85ރ
ގެރިކިރު ދަޅު – 15ރ
މަސްދަޅު – 17.50ރ
ބިސް – 2ރ
ފިޔާ (ކިލޯ) – 20ރ
ޗެކްމާކް
އަލަނާސި ދަޅު – 30ރ
ގެރިކިރު ދަޅު – 16ރ
މަސްދަޅު – 17.50ރ
ބިސް – 2ރ
ފިޔާ (ކިލޯ) – 25ރ
ވިލާމާޓް
އަލަނާސި ދަޅު (ނެތް)
ގެރިކިރު ދަޅު – 16ރ
މަސްދަޅު (ފެލިވަރު ޓޫނާ ޗަންކްސް އިން އޮއިލް – ނެތް)
ބިސް – 1.50ރ
ފިޔާ (ކިލޯ) – 19
ރެޑްވޭވް
އަލަނާސި ދަޅު – 24ރ
ގެރިކިރު ދަޅު – 14.5ރ
މަސްދަޅު – 17ރ
ބިސް – 1.75ރ
ފިޔާ (ކިލޯ) – 17ރ
ޝޮޕް އެންޑް ސޭވް
އަލަނާސި ދަޅު – 25ރ
ގެރިކިރު ދަޅު – 14ރ
މަސްދަޅު – 16.75ރ
ބިސް – 1.80ރ
ފިޔާ (ކިލޯ) – 22ރ
މި އަގުތަކަށް ބަލައިލާއިރު އެވްރެޖްގޮތެއްގައި ތަކެތީގެ އަގު އެންމެ ހެވީ ރެޑްވޭވް އަދި ޝޮޕް އެންޑް ސޭވްގައެވެ. އެ ދެ ފިހާރައަށް ބަލާލާއިރު ރެޑްވޭވްގައި އަލަނާސި ދަޅާއި ފިޔާގެ އަގު އެހެން ފިހާރަތަކަށްވުރެ ހެޔޮކަން ފާހަގަކޮށްލެވޭއިރު ޝޮޕް އެންޑް ސޭވްގައި ގެރިކިރު ދަޅާއި މަސްދަޅުގެ އަގު އެހެން ފިހާރަތަކަށްވުރެ ހެޔޮކަން ފާހަގަކޮށްލެވެއެވެ.
ވަކިން ފާހަގަވި އިތުރު ކަމަކީ ވިލާ މާޓުގައި ބިހުގެ އަގު އެހެން ފިހާރަތަކަށްވުރެ ހެޔޮ ކަމެވެ. އެގޮތުން ވިލާ މާޓުން ބިހެން 1.50ރ އަށް ލިބެއެވެ.
މި ފަސް އައިޓަމަށް ބަލާލާއިރު އެންމެ އަގު ބޮޑު ކަމަށް ފާހަގަކުރެވުނީ މަޖީދީ މަގުގައި އަލަށް ހުޅުވި ޗެކްމާކް ފިހާރައެވެ.
އެ ފިހާރައިގާ ޕިކްސީ އަލަނާސި ދަޅެއް 30 ރުފިޔާއަށް ހުރި އިރު ހަމަ އެ ބްރޭންޑްގެ އަލަނާސި ދަޅެއް ރެޑްވޭވް އިން 24 އަށް ލިބެއެވެ. ފެލިވަރު ޓޫނާ ޗަންސް އިން އޮއިލް މަސްދަޅެއް އެ ފިހާރައިގާ 17.50 އަށް ލިބޭއިރު ޝޮޕް އެންޑް ސޭވް އިން ހަމަ އޭގެ މަސްދަޅެއް 16.75 ރުފިޔާ އަށް ލިބެއެވެ. އަދި ހަމަ އެހެންމެ އެ ފިހާރައިން ފިޔާ ކިލޯއެއް 25 ރުފިޔާއަށް ލިބޭއިރު ރެޑްވޭވް އިން ފިޔާ ކިލޯއެއް 17 ރުފިޔާއަށް ލިބެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް