ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ސަރުކާރު މަގާމުތަކުން މީހުން ވަކި ނުކުރެވޭނެކަމުގައި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނުގެ ނުރަސްމީ ޓްވިޓާ އެކައުންޓުން ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި ވިދާޅުވެފައިވަނީ ސަރުކާރު މަގާމަކީ ރައީސުލްޖުމްހޫރިއްޔާގެ ޒާތުފުޅުން ދެއްވާ މަގާމެއް ނޫން ކަމަށެވެ.
"މަގާމުގައި ތިއްބެވީ އެމްޑީޕީއިން ހުށަހެޅި ބޭފުޅުން، އިސްތިއުފާ ދޭކަށް ނުޖެހޭނެ. އަދި ރައީސުލްޖުމްހޫރިއްޔާއަށް އެބޭފުޅުން ވަކިވެސް ނުކުރެއްވޭނެ" ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
އިތުރަށް ވިދާޅުވެފައިވަނީ އެބޭފުޅުންނަކީ ވަޒީފާ ގެއްލިދާނެތީ ޒަމީރު ގުރުބާން ކުރާނެ ބައެއް ނޫންކަމަށެވެ.
ރައީސް ނަޝީދު މި މޭރުމުން ވިދާޅުވެފައިވާއިރު އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ޕާޓީގެ ރައީސް ގަބޫލު ނުކުރައްވައި "ފިކުރެއްގެ ދިރުން" މި ނަމުގައި ވަކި ފިކުރެއް ޕާޓީތެރޭގައި އުފައްދައި ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ވަކިން އަންނަނީ ތައްޔާރުވަމުންނެވެ.
އެ ތައްޔާރީތަކުގައި ސަރުކާރު މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންވެސް އިސްކޮށް އުޅުއްވާތީ އެ ފަރާތްތައް މަގާމުން އިސްތިއުފާ ދިނުމަށް އެމްޑީޕީގެ ތެރެއިންވެސް ބައެއް ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް