ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލައް ލައިގެން މިފަދަ މަހަކަށް ކުރިމަތިލުމަކީ ލަދުހުތުރު ކަމެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.
ބަރަކާތްތެރި ރަމަޟާންމަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކޮށް ޖަމީލު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން، ބަރަކާތްތެރި ރަމަޟާން މަހު ޖަލުގައި ހޭދަ ކުރައްވަން ޖެހުމަކީ ވަރަށް އަނިޔާވެރި އަމަލެއް ކަމަށެވެ.
އެގޮތުން އެކަކު އަނެކަކަށް އަނިޔާވެރިވުން ހުއްޓާލައި އެކަކު އަނެކަކަށް ނިކަމެތިކޮށް ހިތުން ހުއްޓާލާނީ ކޮންއިރަކުންތޯ ޖަމީލް ވަނީ ސުވާލު އުފައްދަވާފަ އެވެ.
އަދި މިފަދަ ރަމަޟާން މަހެއްގައިވެސް ސިޔާސީ ގޮތުން ޝަރީއަތަށް ނުފޫޒު ފޯރުވައިގެން ޙުކުމެއްގައި ރައީސް ޔާމީން ޖަލައްލައިގެން މިފަދަ މަހަކަށް ދިވެހިން ކުރިމަތިލުމަކީ މިޤައުމަށް ވެސް ލަދުހުތުރު ކަމެއްކަން ޔަގީންކަމަށާއި މިއަށްވުރެ އަނިޔާވެރި ލާއިންސާނީ އަމަލެއް ކޮބައިތޯ ޖަމީލް ވަނީ ސުވާލު އުފައްދަވާފަ އެވެ.
މީގެ އިތުރުން އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ހިމެނޭ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އާއި އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު ގޭގައި ތިއްބަވާއިރު ޤައުމަށް ޚިދުމަތްކުރެއްވި ވެރިޔަކު ޖަލުގައި ބެހެއްޓުމަކީ އަނިޔާވެރި އަމަލެއް ކަމަށާއި މިއީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އާއި ހޯމް މިނިސްޓަރު ރާވައިގެން ހިންގަވާ އަމަލެއް ކަމަށް ޖަމީލް ވަނީ ވިދާޅުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް