ބާޒާރުމަތީގައި ރޯދައިގެ ކުރިއަށް ކިލޯއެއް 80 އާއި 100 އާއި ދެމެދު ހުރި މިރުހުގެ އަގު ކިލޯއެއް 280 އަށް އުފުލިއްޖެއެވެ.
މިއަދު ބާޒާރުގެ ގޮޅިތަކުގައި ކަނޑޫދޫ މިރުސް 100 ގްރާމް ލިބެން ހުރީ 30 ރުފިޔާގެ މަގުންނެވެ. ކިލޯއެއް 280 އަށް ލިބެއެވެ. އެހެން ނަމަވެސް ލާމު މިރުސް ހުރީ 100 ގްރާމް 35 ރުފިޔާ އަދި ކިލޯއެއް 300 އަށެވެ. ލާމު މިރުސް ލިބެންހުރީ ދެތިން ގޮޅިއެއްގައެވެ. ލާމު މިރުސް ކަނޑޫދޫ މިރުހަށްވުރެ މިވަގުތު އަގު ބޮޑީ ވައިގެމަގުން ގެންނާތީ ކަމަށް ގޮޅިވެރިން ބުނެއެވެ. ކަނޑުމަގުން ލިބެން ފެށުމުން އަގު ދަށް ކުރެވޭނެ ކަމަށްވެސް ބުނެއެވެ.
ކަނޑޫދޫ މިރުހާއި ލާމު މިރުސް ގިނަ އަދަދަކަށް ބާޒާރުގައި ލިބެން ހުރި އިރު މި ރޯދަ މަހު އަގު މާ ބޮޑަށް އުފުލިގެން ނުދާނެ ކަމަށް ގޮޅިވެރިން ބުނެއެވެ. އެހެން ނަމަވެސް ކަނޑޫދޫ މިރުހާއި ލާމު މިރުސް ފާއިތުވި ރޯދަމަސްތަކުގެ ތެރޭގައި ވަރަށް ބޮޑަށް އުފުލިގެން ގޮސްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް