ފިތުރު ޒަކާތް ބަލައިގެންނަން ފަށައިފި

ފިތުރު ޒަކާތް ބަލައިގެންނަން ފަށައިފި އެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މިއަދުން ފެށިގެން ރަމަޟާން މަހުގެ 29 ވަނަ ދުވަހާއި ހަމައަށް ޒަކާތް ބަލައިގެންނަމުންދާނެ ކަމަށެވެ. ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ރ...

23 Mar 2023 | 07:58

ފިތުރު ޒަކާތް ބަލައިގެންނަން ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއަދުން ފެށިގެން ރަމަޟާން މަހުގެ 29 ވަނަ ދުވަހާއި ހަމައަށް ޒަކާތް ބަލައިގެންނަމުންދާނެ ކަމަށެވެ. ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ރޯދަ މަހުގެ އެންމެ ފަހު ދުވަހާއި ހަމައަށް ޒަކާތް ބަލައިގަންނާނެ އެވެ.

އެހެން އަހަރު ތަކެކޭ އެއްގޮތަށް މިއަހަރުވެސް ދިރާގު، އުރީދޫ، އެމްއައިބީ، ބީއެމްއެލް އަދި ބަނޑޭރި ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ޒަކާތް ދެއްކޭނެ އެވެ.

މިއަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހެނީ މީހަކަށް 2.4 ކިލޯ ހަނޑުލުމުގެ މިންވަރެވެ. ކައުންސިލް އިދާރާތަކުން ޒަކާތް ބަލައިގަންނާނީ 2.4 ކިލޯ ހަނޑޫ، އެ ރަށަކުން ގަންނަން ލިބޭ އަގުންނެވެ.

އެއީ އެ ބަޔަކު ކައި އުޅޭ ހަނޑުލުގެ ބާވަތަށް ބަލައިގެންނެވެ. ރަސްމީކޮށް ޒަކާތް ބަލައިގަންނާނީ އެ ހަނޑުލުގެ އަގަށްވާ ފައިސާ އިންނެވެ. މިއަހަރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހެނީ:

އާދައިގެ ހަނޑޫ: 12 ރުފިޔާ

ތައިލެންޑް ހުދު ހަނޑޫ: 84 ރުފިޔާ

ރަތް ހަނޑޫ 99 ރުފިޔާ

ބާސްމަތިީ ހަނޑޫ (އާދައިގެ): 84 ރުފިޔާ

ބާސްމަތީ ހަނޑޫ (މޮޅު): 100 ރުފިޔާ

ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 125 ރުފިޔާ

އާދައިގެ ފުށް: 12 ރުފިޔާ

އާޓާ ފުށް: 75 ރުފިޔާ

މީގެ އިތުރުން ރޯދަ މަހުގެ ފަހު 10 ގައި ގޮވާމުން ޒަކާތް ބަލައިގެންނަނާނެ އެވެ.

މާލޭގައި ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:30 ން 1:00 އަށެވެ. މާލެ ފިޔަވައި އެހެނިހެން ރަށްތަކުގައި ފިތުރު ޒަކާތް ނެގުމާއި ބެހުމުގެ އިންތިޒާމް ހަމަޖައްސާނީ އެރަށެއްގެ ކައުންސިލް އިދާރާއިން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ރަމަޟާން މަސް ނިމުމުގެ ކުރިން ޒަކާތް ދެއްކުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބު ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް