އިޙްޔާ ފޯރަމްތައް މިރޭ ފަށާނެ: އިސްލާމިކް މިނިސްޓްރީ

ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމުގެ ފޯރަމްތައް މިރޭ ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ. އެ މިނިސްޓްރީން ބުނީ މިއަހަރު ޖުމްލަ 17 އިޙްޔާ ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. ...

23 Mar 2023 | 07:18

ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމުގެ ފޯރަމްތައް މިރޭ ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ މިއަހަރު ޖުމްލަ 17 އިޙްޔާ ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެއީ މާލޭގައި ނުވަ ޕްރޮގްރާމާއިި އަތޮޅު ތެރޭގައި އަށް ޕްރޮގްރާމެވެ.

މިރޭ ބާއްވާ ފުރަތަމަ ފޯރަމްގައި ތަގުރީރު ކުރައްވާނީ އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީއާއި އައްޝައިޚް ޙަސަން ލަޠީފް މޫސާއެވެ. މިރޭގެ ފޯރަމްގެ މައުޟޫޢުއަކީ ”ހެޔޮ ބަދަލަކަށް ރަމަޟާން” އެވެ.

އަތޮޅުތަކުގައި ބާއްވާ އެންމެ ފުރަތަމަ އިޙްޔާ ޕްރޮގްރާމް އޮންނާނީ އައްޑޫ ސިޓީގައެވެ. މާދަމާރޭ އައްޑޫ ހައި ސްކޫލްގައި އޮންނަ ފޯރަމްގެ މައުޟޫއަކީ ”ލޮބުވެތި ނަބިއްޔާ ﷺ ގެ ޙަޔާތްޕުޅުން” އެވެ.

އައްޑޫ ސިޓީގައި ފުރަތަމަ ރޭ ތަޤްރީރުކުރައްވާނީ އަލްއުސްތާޛް މުޙައްމަދު އަނީލް އަދި ޑރ. ޢަލީ ޒާހިރުއެވެ.

މާލޭގައި އިޙްޔާ ޕްރޮގްރާމްތައް ބާއްވާނީ އެހެން އަހަރުތަކެކޭވެސް އެއްގޮތަށް ކޮންމެ އާދިއްތަ އަދި ބުރާސްފަތި ދުވަހެއްގެ ރޭ 21:30ގައި އިސްލާމީ މަރުކަޒުގެ ހޯލްގައެވެ. އަދި އަތޮޅުތަކުގައި ހުކުރު އަދި ހޮނިހިރު ދުވަހުރޭ ރޭގަނޑު 21:30ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް