ބޭނުން ވާނެ ތަކެތި
- 3 ބިސް
- 4/3 ޖޯޑު ހަކުރު
- 1 މޭޒުމަތީ ސަމުސާ މާމުއި
- 4/3 ޖޯޑު ފުށް
- 1 މޭޒުމަތީ ސަމުސާ ބޭކިން ޕައުޑަރ
- 1 މޭޒުމަތީ ސަމުސާ ގްރީން ޓީ ޕައުޑަރ
- 4/1 ޖޯޑު ފިނިކުރި ފެން
ހައްދަވާނެ ގޮތް
"ކޭކު ގިރާ މެސިނެއްގައި ބިސްކޮޅު ގިރާލައްވާ .ދެން އެއައްފަހު މި ތަރުތީބުން، ހަކުރު، މާމުއި،ފުށް، ބޭކިން ޕައުޑަރ، ގްރީން ޓީ ޕައުޑަރ އަދި ފެން ބިހުގެ ތެރެއައް އަޅައިގެން ގިރާލައްވާ.ތަރުތީބު ކުރެވިފައިވާ އިންގްރިޑިއެންޓްސް، ކޮންމެ އެއްޗެއްވެސް އަޅާފަ 15 ސިކުންތު ވަންދެން އެއްކޮށްލައްވާ.
ކޭކް ފިހާ ޓުރޭއަށް އަޅާލުމަށް ފަހު 175 ޑިގްރީ ގައި 25 މިނެޓް ވާއިރު ކޭކް ހުންނާނީ ތައްޔާރުވެފަ"
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް