ސިވިލް ކޯޓްގެ ޤާޟީ ޙަސަން ފަހީމް އިބްރާހީމްގެ ސުލޫކީ މައްސަލައެއް ތަޙްޤީޤްކުރަން ނިންމައިފި ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.
ޖޭއެސްސީން މިއަދު ބުނީ ފަނޑިޔާރުގެ މަސްއޫލިއްޔަތު އަދާކުރުމުގައާއި މައްސަލަތައް ބެލުމުގައި ދޭންޖެހޭ ސަމާލުކަން ނުދީ، ފަރުވާކުޑަކޮށްފައިވާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް ތަޙްޤީޤުކުރުމަށް، ނިންމާފައިވާ ކަމަށެވެ.
އެ މައްސަލަ ބަލަން ނިންމީ 2022 މާރިޗް 16 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ މިއަހަރުގެ 18 ވަނަ ޖަލްސާގައި ކަމަށެވެ.
އަދި ސިވިލް ކޯޓްގެ ޤާޟީ ޙަސަން ފަހީމް އިބްރާހީމްގެ ސުލޫކީ މައްސަލަ ބަލަން ތަޙްޤީޤް ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށް ޖޭއެސްސީން ހާމަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް