ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ރަމަޟާންމަހަށް ވަމުންދާ ތައްޔާރީތައް ބައްލަވާލައްވައިފިއެވެ.
އިސްލާމިކް އެފެއާޒުން ބުނީ އިސްލާމީމަރުކަޒުގެ މިހުރާބުގޭގެ ކެލިގްރަފީގެ މަސައްކަތާއި ގޯތިތެރޭގައި މާބުލްޖެހުމުގެ މަސައްކަތާއި އިސްލާމިމަރުކަޒުގައި އިތުރުފަންކާ ހަރުކުރުމުގެ މަސައްކަތް ކުރިޔަށްދާ ގޮތް ނައިބު ރައީސް ބައްލަވާލެއްވި ކަމަށެވެ. މި ޒިޔާރަތުގައި ރަމަޟާން މަހު ކުރިޔަށްގެންދަން ރާވާފައިވާ ދީނީ އެކި ޕްރޮގްރާމްތަކާއި ބެހޭ މަޢުލޫމާތު އޮޅުންފިލުވާ އެމަސައްކަތްދާގޮތް ބައްލަވާ ލައްވާފައިވާ ކަމަށެވެ.
ކުރީއަހަރު ތަކެކޭވެސް އެއްގޮތަށް މިއަހަރުވެސް އިސްލާމިކް މިނިސްޓްރީން ދަނީ ރަމަޟާންމަހަށް ވަރަށްބޮޑަށް ތައްޔާރުވަމުންނެވެ.
އެގޮތުން މިއަހަރުވެސް ރަމަޟާންމަހަށް ޚާއްސަކޮށްގެން ދަރުސް ޕްރޮގްރާމްތައް ބޭއްވުމާއި، މިނިސްޓްރީގެ އިސްލާމިކް ސްޓޫޑިއޯއިން އުފައްދާ ޚާއްސަ ޓީވީ ޕްރޮގްރާމްތަކާއި ކުޑަކުދިންނަށް ޚާއްސަ ޓީވީ ޕްރޮގްރާމާއި، ދީނީ ހޭލުންތެރި ކުރުމުގެ ރޭޑިއޯ ޕްރޮގްރާމްތަކާއި، އަދި ކޮންމެ އަހަރަކުވެސް ރަމަޟާންމަހުގެ ރޭތައް އިހްޔާކުރުމުގެ ގޮތުން ކުރިޔަށްގެންދާ އިޙްޔާ ފޯރަމް ބާއްވާގޮތަށް ވަނީ ހަމަޖެހިފައެއެވެ.
ކުރީއަހަރު ތަކާއި ޚިލާފަށް މިއަހަރު އިޚްޔާ ފޯރަމްތަށް ކުރިޔަށް ގެންދަން ރާވާފައިވަނީ މާލެއިންނާއި އަތޮޅު ތެރޭގެ 4 ރަށަކުންނެވެ.
ނައިބު ރައީސްގެ މި ޒިޔާރަތުގައިވަނީ މިނިސްޓްރީއިން ކުރަމުންދާ މަސައްކަތައް ފާހަގަކޮށް ތައުރީފްކުރައްވާ ހިތްވަރު ދެއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް