ބ. ކިހާދޫ ސްކޫލުގައި ދެ ކްލާސްރޫމް އިމާރާތްކުރުމާއި ވަށާފާރު ރޭނުމުގެ މަސައްކަތް އިސްކޯ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ.
މިއެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ އެވެ.
އިސްކޯ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޢަބްދުﷲ އެވެ.
މި މަސައްކަތް އިސްކޯ އިންވެސްޓްމެންޓާއި ހަވާލުކޮށްފައި ވަނީ 2.74 މިލިއަން ރުފިޔާއަށެވެ.
މި މަސައްކަތް ހަވާލުކޮށްފައި މިވަނީ 99 ދުވަސް ތެރޭގައި ނިންމާގޮތަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް