ފުވައްމުލަކު ކޯޓުގެ މެޖިސްޓްރޭޓްގެ ސުލޫކީ މައްސަލަ ސާބިތުނުވާކަމަށް ނިންމައިފި

ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަޙްމަދު އަކްރަމްގެ ސުލޫކީ މައްސަލަ ސާބިތުނުވާކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ. ޖޭއެސްސީން މިއަދު ބުނީ އެ ކޮމިޝަނުގެ ޤާނޫނ...

23 Mar 2022 | 09:41

ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަޙްމަދު އަކްރަމްގެ ސުލޫކީ މައްސަލަ ސާބިތުނުވާކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ބުނީ އެ ކޮމިޝަނުގެ ޤާނޫނު ނަންބަރު 2018/10 ގެ 22-1 ވަނަ މާއްދާގެ (ބ)ގެ ދަށުން އެ ކޮމިޝަނަށް ހުށަހެޅުނު 2021/14 ނަންބަރު ޝަކުވާއާ ގުޅިގެން 2021 އޮކްޓޫބަރު 12 ވަނަ ދުވަހު ސުލޫކީ މައްސަލަ ތަޙްޤީޤް ކުރުމަށް ނޯޓިސްދީފައިވާ ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަޙްމަދު އަކްރަމްގެ ސުލޫކީ މައްސަލަ، ތަޙްޤީޤްކުރެވިފައިވާ ކަމަށެވެ.

އަދި މި މައްސަލަ ސާބިތުނުވާކަމަށް 06 މާރިޗް 2022 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ މިއަހަރުގެ 14 ވަނަ ބައްދަލުވުމުގައި ވަނީ ނިންމާފައި ކަމަށް ޖޭއެސްސީން ހާމަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް