ކޮވިޑްއާއި ގުޅިގެން ކުރިމަތިވި ދަތިތަކާއި ގެއްލުމުން އަރައިގަތުމަށް ޓޫރިޒަމް ދާއިރާގެ ކުދި އަދި މެދުފަންތީގެ 218 ވިޔަފާރިތަކަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން 8 މިލިއަން ރުފިޔާގެ އެހީ ދިފި އެވެ.
ޓޫރިޒަމް ދާއިރާގައި 40 އެނދަށް ވުރެ މަދުން ހިންގާ ތަންތަން މި އެހީ ދޭން ނިންމާފައިވާ އިރު މިހާތަނަށް 181 ގެސްޓްހައުސްއަކަށް ފައިސާގެ އެހީ ދީފައިވެއެވެ. އަދި 37 ސަފާރީއަކަށް އެހީތެރިކަން މި އެހީ ފޯރުކޮށްދީފައިވެ އެވެ.
މިފައިސާ ގެސްޓްހައުސްތަކާއި ސަފާރީތަކަށް ދޫކުރަނީ މޯލްޑިވްސް ފަންޑް މެނޭޖްމެންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) މެދުވެރިކޮށެވެ.
މި އެހީއަށް އެދި މެއި 31 ގެ ކުރިން ގެސްޓްހައުސްތަކާއި ސަފާރީތަކަށް ފޯމު ހުށަހެޅޭނެ އެވެ. ފޯމު ހުށަހަޅަން ޖެހޭނީ އެމްއެފްއެމްސީއަށެވެ. މާލީ އެހީވުމުގައި އެނދަކަށް 2،453ރ. ގެ މަގުން ފައިސާ ދުކުރުމަށްވަނީ ހަމަޖެހިފައެވެ.
އީޔޫން ވަނީ މިދިޔަ ޑިސެމްބަރ މަހުވެސް ރާއްޖޭގެ ގެސްޓްހައުސް އަދި ސަފާރީތަކަށް އެހީވުމުގެ ގޮތުން (34 މިލިއަން ރުފިޔާ) ދިވެހި ސަރުކާރަށް ދީފަ އެވެ.
ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކުގެ އިތުރަށް އީޔޫއިން ވަނީ ސިއްހީ ދާއިރާގެ ކަންކަމަށް އެއް މިލިއަން ޔޫރޯ (17 މިލިއަން ރުފިޔާ) އާއި އިގްތިސާދު ހަމައަކަށް އެޅުވުމަށް 20 މިލިއަން ޔޫރޯ (340 މިލިއަން ރުފިޔާ) ގެ ލޯނު އެހީއެއް ދީފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް