ދުބާއީގައި ސަލާންޖަހާ މީހުން މި ރޯދަމަހުވެސް ހައްޔަރު ކުރާނެ

އެހެން އަހަރުތަކެކޭވެސް އެއް ފަދައިން މި ރޯދަމަހުވެސް ދުބާއީގައި ސަލާން ޖަހާނަމަ ހައްޔަރުކުރާނެ ކަމުގެ އިންޒާރު ދުބާއީ ފުލުހުން ދީފިއެވެ. ދުބާއީ ފުލުހުން ބުނެފައިވަނީ ސަލާން ޖަހަންޖެހޭ ސަބަބެއް އެ ގައ...

23 Mar 2022 | 09:16

އެހެން އަހަރުތަކެކޭވެސް އެއް ފަދައިން މި ރޯދަމަހުވެސް ދުބާއީގައި ސަލާން ޖަހާނަމަ ހައްޔަރުކުރާނެ ކަމުގެ އިންޒާރު ދުބާއީ ފުލުހުން ދީފިއެވެ.

ދުބާއީ ފުލުހުން ބުނެފައިވަނީ ސަލާން ޖަހަންޖެހޭ ސަބަބެއް އެ ގައުމުގައި ނޯންނާނެ ކަމަށާއި ހަގީގަތުގައިވެސް އެހީތެރިކަމާ އަޅާލުމާ ބޭނުންވާ ފަރާތްތަކަށް އޮންނަ އުސޫލުތަކުގެ ތެރެއިން ޗެރިޓީ ފައުންޑޭޝަންތަކާއި އެހީދޭ ފަރާތްތަކުން ހިންގާ ޕްރޮގްރާމްތަކުގައި ބައިވެރިވުމުން ބޭނުންވާ އެހީތެރިކަން ލިބޭނެ ކަމަށެވެ.

މިދިޔަ އަހަރުގެ ރޯދަމަހުވެސް ސަލާން ޖެހި 458 މީހަކު ހައްޔަރު ކުރި ކަމަށް ދުބާއީ ފުލުހުން ބުނެފައިވެއެވެ.

މި އަހަރު އޮންލައިންކޮށް ސަލާން ޖަހާނަމަވެސް ފިޔަވަޅޫ އަޅާނެކަމުގެ އިންޒާރުވެސް ދީފައިވެއެވެ. އެގޮތުން އީމެއިލް ފޮނުވައިގެންނާއި ސޯޝަލް މީޑީއާގައި އެކި ޕޯސްޓް ޖަހައިގެން ސަލާންޖަހާނަމަވެސް އެކަންވެސް ހުއްޓުވާނެ ކަމަށްވެސް ބުނެފައިވެެއެވެ. ރިޕޯޓް ކުރުމަށް ހާއްސަ ޕޯޓަލެއްވެސް ގާއިމްކޮށްފައިވެއެވެެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް