އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ކައިރީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ކައިރީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ. އެމްއެންޑީއެފުން މިއަދު ބުނީ، އަލިފާނުގެ ހާދިސާ ހިނގީ ހޮސްޕިޓަލް ކަައިރީގައި އޮންނަ ވ...

23 Mar 2022 | 08:33

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ކައިރީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ، އަލިފާނުގެ ހާދިސާ ހިނގީ ހޮސްޕިޓަލް ކަައިރީގައި އޮންނަ ވަލުތެރޭގައި ކަމަށެވެ.

މިހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު 10:10 ހާއިރު ކަމަށް އެމްއެންޑީއެފް ހާމަކުރެއެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ނިއްވުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑާއި ހިތަދޫ ފަޔަރ ސްޓޭޝަންގެ ސިފައިން ހަރަކާތެރިވަމުން އަންނަ ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނުކަމުގެ މައުލޫމާތެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް