ގާތްގަނޑަކަށް ދެ ބިލިއަން ރުފިޔާގެ ޓްރެޒަރީ ބިލް (ޓީބިލް) ވިއްކަން ފިނޭންސް މިނިސްޓްރީން ހުޅުވާލައިފި އެވެ.
މިހާރު ވިއްކަން ހުޅުވާލާފައިވާ ޓީބިލްގެ ތެރޭގައި ހިމެނެނީ 3.50 ޕަސެންޓުގައި ވިއްކަން ހުޅުވާލި 28 ދުވަހުން އަނބުރާ ދައްކަން ޖެހޭ 902 މިލިއަން ރުފިޔާގެ ޓީބިލަކާއި 3.87 ޕަސެންޓުގައި ވިއްކަން ހުޅުވާލި 98 ދުވަހުން މުއްދަތު ހަމަވާ 200 މިލިއަން ރުފިޔާގެ ޓީބިލެކެވެ.
އަދި 182 ދުވަހުން މުއްދަތު ހަމަވާ 4.23 ޕަސެންޓުގައި ވިއްކާ 190 މިލިއަން ރުފިޔާގެ ޓީބިލެއްގެ އިތުރުން 364 ދުވަހުގެ މުއްދަތެއް ދީފައިވާ 4.60 ޕަސެންޓުގައި ވިއްކާ 785 މިލިއަން ރުފިޔާގެ ޓީބިލެއް ފިނޭންސް މިނިސްޓްރީން ވިއްކަން ހުޅުވާލީ ޓީބިލްތަކުގެ ތެރޭގައި ހިމެނެއެވެ.
ޓީބިލް ގަންނަނީ ކޮމާޝަލް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އިންވެސްޓްމަންޓް ފަންޑުތަކާއި ޕްރައިވެޓް ކުންފުނިތަކާއި އަދި ޕްރައިވެޓް ޕްލޭސްމަންޓް އުސޫލުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް