ރާއްޖެ-ބަންގްލަދޭޝް މެޗު ޓިކެޓު މިއަދު ހަވީރު ވިއްކަން ފަށަނީ

މާދަމާ ރޭ ގަލޮޅު ދަނޑުގައި ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖެ ކުޅެން ހަމަޖެހިފައިވާ ރަހުމަތްތެރިކަމުގެ މެޗުގެ ޓިކެޓް މިއަދު ވިއްކަން ފަށާނެ ކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބ...

23 Mar 2022 | 06:47

މާދަމާ ރޭ ގަލޮޅު ދަނޑުގައި ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖެ ކުޅެން ހަމަޖެހިފައިވާ ރަހުމަތްތެރިކަމުގެ މެޗުގެ ޓިކެޓް މިއަދު ވިއްކަން ފަށާނެ ކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.

އެފްއޭއެމުން ބުނީ ރާއްޖެ- ބަންގްލަދޭޝް މާދަމާރޭ ކުޅޭ މެޗުގެ ޓިކެޓު ވިއްކަން ފަށާނީ މިއަދު ހަވީރު 4:00 ގައި ގަލޮޅު ފުޓުބޯޅަ ދަނޑުންނެވެ.

ދިވެހި ސަޕޯޓަރުންނަށް ޓިކެޓް ވިއްކާނީ، އޮލިމްޕަސްއާ ދިމާލަށް ވާ ގޮތަށް ހުންނަ ގޭޓުންނެވެ. އަދި ބަންގްލަދޭޝްގެ ސަޕޯޓަރުންނަށް ޓިކެޓް ވިއްކަން ހާއްސަކޮށްފައި ވަނީ، ދަނޑުގެ އިރުއުތުރު ކަނުގައި ހުންނަ ގޭޓު ތިނަކުންނެވެ.

އެފްއޭއެމުން ބުނީ މި މެޗުގެ ޓިކެޓްގެ އަގުތައް އުޅެނީ ގޮނޑި ބަރިން 100 ރުފިޔާ އަދި ސިޑި ބަރިން 75 ރުފިޔާ އަށެވެ.

ބަންގްލަދޭޝްއާ އާއި ރާއްޖެ އެންމެ ފަހުން ބައްދަލުކުރީ މިދިއަ އަހަރުގެ ނޮމްބަރު މަހު ސްރީ ލަންކާގައި ކުރިއަށްގެންދިޔަ ފޯ ނޭޝަންސްކަޕް މުބާރާތުގައެވެ. އެ މެޗު 2-1 އިން ރާއްޖެ ވަނީ ބަންގްލަދޭޝް އަތުން ބަލިވެފައެވެ.

މީގެ އިތުރުން އެއީ ފާއިތުވި 18 އަހަރުގެތެރޭގައި ބަންގްލަދޭޝްއަށް ރާއްޖެއަތުން މޮޅުވެވުނު ފުރަތަމަ ފަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް